ޚަބަރު

އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެނޭ: ރައީސް މައުމޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މައުމޫން އަބްދުލް ޤައްޔޫމް

އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް މައުމޫން ވަނީ އެކަމަށް އާންމުންގެ ތާޢިދު ހޯދުމަށް ވާހަކަ ދެއްކުމަކީ ތަޢުލީމީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް މަރުގެ އަދަބު ރާއްޖޭގައި ދިނުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިހުސާން ހާމަކުރެއްވުމުންވެސް، މަރުގެ އަދަބު ދިނުމަކީ އެއީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިއެއް ކަމަށް ދެކެވަަޑައި ނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިސްލާމް ދީނުގައި މަރުގެ މަރަށް މަރު ހިފުމަކީ، ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ކުރަން އޮންނަ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. އާމިނަތު މުޚައްމަދުދީދީ

    އަޅުގަނޑުދެކޭގޮތުގަ އިސްލާދީނުގަހުއްދަކުރާކަމަކާދެކޮޅަށްވަކާލލާތުކުރުމަކީވެގެންވާނެކަމެއްނޫން ގުރުއާނާސުންނަތުންސާބިތުވޭ މަރަށް މަރުހިފަން ޖެހޭކަމަށް އަބަދުވެސް މައުމޫނު މިޔާދެކޮޅުހައްދަވާތީއެކަން ނުކުރަށްވަނި ނޫން އެކަ ކަށް ޚުކުމްކޮތް ފިކަމަށް ވަނޏާދެން މަރުތަށްމަދުވާނެ އެއީޔަގީންކަމެއް

    • އެންމެ ފުރަތަމަ މަރަންވީ އަހަހަ ކަލޭ

    • ބޭބެ މިދައްކަނީ ހޮޅި ވާހަކަ ތަކެއް

  2. އަަަހަހަ

    އެންމ ކުރިނ މަރަންވ މ ނަގޫބަޅު

  3. ސމަަރު

    މަރުގެ ހުކުމަކީ ތުބުޅިލީ މީހުން ދެކޭ ގޮތަށް އޮތް ކަމެއް ނޫނަ
    ރަނގަޅަށް ކިޔާ ގުރުއާނާއި މާނަ ތިމާގެ ބުއްދިން
    މައުމޫނުގެ ބަސްފުޅު ހަމަ ރަނގަޅު

    • ރާއްޖޭގައި މާރާ މޭރީއާއި ވައްކަމާއި އަދި ރޭޕް ކޭސް ގިނަ ވަނީ އިސްލާމީ ޝަރީއާ ނެތުމުން. ތުބުޅި ހުރިޔަސް ނެތަސް އިސްލާމީ ހައްދުތައް ބިން މާތީ ގާއިމް ކުރުމާ ދެކޮޅު ވާ މީހެއްގެ އިސްލާމް ކަމާއި މެދު ސުވާލު ކުރަން ޖެހޭ. އޭނަ 30 އަހަރު ވެރިކަން ކުރި އިރު ކޮބާ މަތިން ބާވާލެއްވި ގޮތަށް ހައްދުތައް ގާއިމް ކޮށްފަ؟

      ދެން ބުނެލަން.. ތުބުޅި ދިގުކުރަން ޖެހޭ.. އެއީ ވަޖިބެއް. އަންހެނުންނަށް ނޯވޭ ދިގުކުރުމެއް. ކަލޭ ތިއީ އަންހެނެއް ތަ ؟