ޚަބަރު

އިންޑިއާއަކީ އަބަދު ވެސް ގާތް އެކުވެރިއެއް: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސޯލިހު މިހެން ވިދާޅުވެފައިމިވަނީ ސަރުކާރުގެ އިސްވެރިން ހިމެނޭހެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރުގަދަ ކޯޅުމެއް ހިނގަމުން ދަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން މިއަދު ވަނީ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑްކުރި ފަރާތްތަކުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ ހިމެނެ އެވެ.

ސޯލިހު "އެކްސް"ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ދިވެހި ސަރުކާރުގެ އިސްވެރިން އިންޑިއާއާ ދެކޮޅަށް ނަފްރަތު އުފެދޭ ބަސްތައް ބޭނުންކުރުން ކުށްވެރިކުރާ ކަމަށެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމަށާއި މިފަދަ ނާތަހުޒީބު ވާހަކަތަކުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމަށް ނޭދެވޭ އަސަރެއް ކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މޯދީ އަށް މަލާތާމްކޮށް ކުރި ޓްވީޓުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބޭރުގެ ޤައުމުތަކުގެ ވެރިންނާއީ، މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ މަލާމާތާއި ހުތުރު ބަސްތައް ސަރުކާރަށް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމާއި އެއީ، އެ ޚިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ޚިޔާލު ކަމަށް ވަނީ ބުނެފަ އެވެ.

އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޑިމޮކްރެޓިކް ހަމަތަކާއި އެކު ޖަވާބުދާރީ ވެވޭގޮތަށް ގެންގުޅެން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށާއި ބައިނަލްއަޤްވާމީ ގުޅުންތަކަށް ބުރޫއަރާގޮތަށް ނަފްރަތު ފަތުރައި އުފެދޭ ގޮތަށް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

Ads by HDC
  1. ކުރެވޭނެއޭ

    އިންޑިއާ ވެސް ދަނެގަންނަން ޖެހޭނެ ހަގީގަތަކީ މިހާރު ރާއްޖޭގައި ވެރިކަން ކުރަނީ އިންޑިއާ އަދި އެމެރިކާ އަދި ޔޫރަޕްގެ ޕަޕެޓް ސަރުކާރު ނޫންެކަން ވެރިކަން ކުރަނީ މަމެން ޕިންކީންނޭ މޯދީ އަށް މަލާމާތް ކުރިކަމަށް އެއްވެސް ކޯޓަކުން ސާބިތުވެފައި ނުވާއރިު ދެ ފަރާތުން ވަކާލާތު ކުރަން ޖެހޭނެއޭ ދިވެހިރާއްޖޭގެ ގައުމިއްޔަތުގެ ހިމާޔަތުގައި ނިކުތް ތިން ފަހުލަވާނުންނަށް މަމެން ހިތްވަރު ދެމޭ އެމެންކުރީ ކުށެއް ކަން ސްޕްރީމް ކޯޓުން ސާބިތު ކުރަން ޖެހޭނީ އެނޫންނަމަ މަމެން ބޯނުލަނބާނަމޭ މޯދީ އަށް މަލާމާތް ކުރެވޭނެއޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް