އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފި

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުކޮށްފިއެވެ.
ޝަހީބު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވަނީ މިއަދު 9 ޖެހިއިރުއެވެ. އެ މިނިސްޓްރީއަށް ޝަހީބު ހާޒިރުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި އެކި ޕޯސްޓައް ކޮށްފައެވެ.
އަދި އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކާ ގުޅިގެން، އެ ބޭފުޅުން އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ.
މިކަމާއި ގުޅިގެން ސަސްޕެންޑްކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން އަބްދުﷲ މަހްޒޫމެވެ.
އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް