ޚަބަރު

އިންޑިއާގެ މައްސަލައާއެކު އަނެއްކާ ވެސް ރައީސް އަޒުލު ކުރުމުގެ ވާހަކަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުުމުގެ ވާހަކަ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ފައްޓަވައިފިއެވެ.

Ads by Hajj Corporation

އާޒިމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން ޕޮލިސީ ނަގަހައްޓާ ހަމަމަގަށް އެޅުވުމުގައި ޑިމޮކްރެޓްސް ޕާޓީން ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި އަވަށްޓެރި ވަކި ގައުމެއް އެކަހެރި ކުރުމާ ދެކޮޅަށް ޑިމޮކްރެޓްސްއިން މަސައްކަތް ކުރާނެ ކަމަށެވެ.

އާޒިމް ވަނީ ރައީސް މުއިއްޒު މަގާމުން ދުރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް އެމްޑީޕީން ތައްޔާރަށް އޮތްތޯ ސުވާލު ކޮށްފައެވެ. އަދި ރައީސް މުއިއްޒު އަޒުލުކުރުމަށް ނޯ ކޮންފިޑެންސް ވޯޓެއް ވެއްދުމަށް އެމްޑީޕީން ތައްޔާރުތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު މައްސަލަ ޖެހުނީ އިންޑިއާގެ ލަކްޝަދީބުގެ ރަށްތަކުގައި ޓޫރިޒަމް ކުރިއަރުވާ ޗުއްޓީ ހޭދަ ކުރަން އެ ރަށްތައް ހިޔާރު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ އެ ގައުމުގެ ރައްޔިތުންނަށް ގޮވާލެއްވުމާ އެކު ރާއްޖޭގެ ޓޫރިޒަމާ ދެކޮޅު ޝުއޫރުތަކާއެކު އިންޑިއާގެ ރައްޔިތުން ތެދުވުމުންނެވެ.

އާޒިމް މިއަދު މި ސަރުކާރު ބަދަލު ކުރަން ގޮވާލާފައިވާއިރު، ސަރުކާރުގެ އިސްވެރިން މޯދީއާ ދެކޮޅަށް ކުރެއްވި ޕޯސްޓްތަކާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އަދި އެ ޕާޓީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާ މެމްބަރު އީވާ އަބްދުﷲ އިއްޔެ ވަނީ އިންޑިއާގެ ނިއުސް ޗެނެލްއަކަށް އިންޓަވިއު ދެއްވަމުން އެކަމަށް އިންޑިއާގެ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފައެވެ.

  1. ޔޫސުފް

    ރައްޔިތުންގެ ވޯޓުން ހޮވާފައިހުރި ވެރިއަކު އަޒުލުކުރުމުގެވާހަކަ، ވެރިމީހާ ހޮވުމުގެ ކުރިން ހޮވިފަހުރި މެންބަރަކު ދެއްކުމުގެކުރިން ވިސްނާލަންޖެހޭ އެތައްކަމެއްބާނެ

  2. ވަގުންނޭ

    އިންޑިއާމޯދީ އަކީ ކަނޑުކޮހެކޭ އޭނާ ބުނާ ގޮތަށް ދިވެހި ސަރުކާރުން ވަކިން ޚާއްސަ ކޮށް ޕީޕީއެމް ޕީއެންސީ ވެރިކަމެއްގައި ނުޖެހޭނެ ވަކިކުރަން މޯދީ މަހަށްދޭބަލަ އަކްޝޭ ކުމާރު ފުރަތަމަ އެޅާ އެއީ އިންޑިއާ މީހެއް ނޫނޭ އެޅާ އެއީ ކެނެޑާ ރައްޔިތެކޭ އޭނާ މަހަށްދޭބަލަ ބޮލީވުޑް ވެސް މަހަށްދޭބަލަ މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އަކީ އާރުކޭ އެކޭ މޯދީ އައުޓް އިންޑިއާ އައުޓް