ޚަބަރު

ލަކްޝަދީޕް ޕްރޮމޯޓް ކުރަން ބޭނުން ކުރަނީ ރާއްޖޭގެ ފޮޓޯތައް, ގިނަ ބައެއްގެ ފާޑު ކިޔުން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަކްޝަދީޕް ޕްރޮމޯޓް ކުރުމަށް އިންޑިއާ މިނިސްޓަރަކާއި އިންޑިއާގެ ބައެއް ސޯޝަލް މީޑިއާ ހޭންޑަލްްތަކުން  ރާއްޖޭގެ ފޮޓޯތަކެއް ބޭނުން ކުރާތީ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެތަނަށް ވަޑައިގެން ނެންގެވި ވީޑިއޯއަކާއެކު އިންޑިއާގެ ބައެއް އެކްޓިވިސްޓުން ވަނީ ރާއްޖޭ ޓޫރިޒަމް ބޮއިކޮޓިން ކެމްޕޭނެއް ފަށާފައެވެ. އެ ކެންޕެއިން ބޮޑުވެ އިންޑިއާގެ ފިލްމީ ތަރިން ވެސް ވަނީ ކެންޕެއިންގައި ބައިވެރިވެފައެވެ.

އިންޑިއާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕްއަށް ކުރި ދަތުރާއި ގުޅިގެން ކުރި ޕޯސްޓެއްގައި ރާއްޖޭގެ ފޮޓޯ ބޭނުންކޮށްފައިވަނީ، އިންޑިއާގެ އާތް ސައިސު މިނިސްޓަރެވެ. އޭނާ އަކީ އެ ޤައުމުގެ ތިމާވެއްޓާއި ބެހޭ މިނިސްޓަރެވެ. އޭނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމީއްޔާތަށް އިންޑިއާގެ ފަރާތުން ފޮނުވި އެންމެ އޮފިޝަލުވެސްމެއެވެ.

އޭނާ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ރާއްޖޭގެ ޕްރޮމޯޝަނަށް ބޭނުން ކުރާ ދެ ފޮޓޯއެއް ވަނީ ޖަހާފައެވެ. އެގޮތުން އެއް ފޮޓޯގެ ގޮތުގައި ބޭނުންކޮށްފައިވާ ރަށެއް ކައިރިން ކެނޯ ދުއްވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަކީ 2015 އިން ފެށިގެން، ރާއްޖޭގެ ޕްރޮމޯޓް ކުރުމަށް އެކި ތަންތަނުގައި ބޭނުން ކުރަމުންދާ ފޮޓޯއެކެވެ. އަދި ދެން ފެންނަ ސްނޯކްލިން ފޮޓޯ އަކީ 2012 ވަނަ އަހަރު ރާއްޖޭގެ ރިސޯޓެއް ކައިރީ މީހަކު ސްނޯކަލް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ އަކީވެސް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން ޕްރޮމޯޝަނަށް އަހާ ހިސާބުން ފެށިގެން މިހާތަނަށް ބޭނުން ކުރާ ފޮޓޯއެކެވެ.

މި ފޮޓޯތަކުގެ އިތުރުން އިންޑިއާގެ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން އަދި ބައެއް ވެބްސައިޓުތަކުގައިވެސް ލަކްޝަދީޕް ނަމުގައި ރާއްޖޭގެ ރިސޯޓުތަކުގެ ފޮޓޯތައް ދަނީ ބޭނުން ކުރަމުންނެވެ. އަދި މިކަން ސޯޝަލް މީޑިއާގައި ބައެއް ދިވެހިން ދަނީ ފާހަގަވެސް ކުރަމުންނެވެ.

Ads by Allied Insurance
  1. ބަލާތި

    އިންޑިއާމޯދީ އަކީ ކަނޑުކޮހެކޭ އޭނާ ބުނާ ގޮތަށް ދިވެހި ސަރުކާރުން ވަކިން ޚާއްސަ ކޮށް ޕީޕީއެމް ޕީއެންސީ ވެރިކަމެއްގައި ނުޖެހޭނެ ވަކިކުރަން މޯދީ މަހަށްދޭބަލަ އަކްޝޭ ކުމާރު ފުރަތަމަ އެޅާ އެއީ އިންޑިއާ މީހެއް ނޫނޭ އެޅާ އެއީ ކެނެޑާ ރައްޔިތެކޭ އޭނާ މަހަށްދޭބަލަ ބޮލީވުޑް ވެސް މަހަށްދޭބަލަ މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އަކީ އާރުކޭ އެކޭ މޯދީ އައުޓް އިންޑިއާ އައުޓް

  2. ހިންދޫންގެ އުދަގޫ އަވައްޓެރި ޤައުމުތަކަށް އަބަދުވެސް ކުރޭ !