ޚަބަރު

ލަކްޝަދީޕް ޕްރޮމޯޓް ކުރަން އިސްރާއީލުން މަސައްކަތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޔޫނިއަން ޓެރެޓަރީއެއް ކަމަށްވާ ލަކްޝަދީޕް ޕްރޮމޯޓް ކުރަން އިންޑިއާގައި ހުންނަ އިޒްރޭލުގެ އެންބަސީން މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މިއަދު އިސްރާއީލްގެ އެންބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި އިންޑިއާގެ މައި ސަރުކާރުގެ އެދުމަށް އެ ރަށްތަކަށް ޒިޔާރަތްކޮށް, ޑީސަލިނޭޝަން ޕްލޭންޓެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ.

އެއަށްފަހު ލަކްޝަދީޕް ނޭނގޭ ފަރާތްތަކަށް އެތަނަކީ ކޮބައިކަން ކަމަށް ބުނެ, ލަކްޝަދީޕްގެ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައެވެ. އަދި އެއީ ޗުއްޓީ ހޭދަކޮށްލަންދާން ރަނގަޅު މަންޒިލެއް ކަަމަށް އިސްރާއީލްގެ ޓްވީޓްގައިވެއެވެ.

އިސްރާއީލުން ރާއްޖެ ނޫން އިތުރު މަންޒިލެއް ހޯދަން މަސައްކަތް ކުރަމުންދަނީ, އިސްރާއީލްގެ ޕާސްޕޯޓް ބޭން ކުރުމަށް ދިވެހިން ގޮވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިސްޜާއީލްގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ގައުމުގެ ސަރުކާރުން އޮތީ އަންގާފައެވެ.

އިސްރާއީލުން މިފަދަ ޕޯސްޓެއްކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެތަނަށް ވަޑައިގެން ނެންގެވި ވީޑިއޯއަކާއެކު އިންޑިއާގެ ބައެއް އެކްޓިވިސްޓުން ރާއްޖޭ ޓޫރިޒަމް ބޮއިކޮޓިން ކެމްޕޭނެއް ފަށާފައިވަނިކޮށެވެ.

Ads by Allied Insurance
  1. ވަގުންނޭ

    އިންޑިއާމޯދީ އަކީ ކަނޑުކޮހެކޭ އޭނާ ބުނާ ގޮތަށް ދިވެހި ސަރުކާރުން ވަކިން ޚާއްސަ ކޮށް ޕީޕީއެމް ޕީއެންސީ ވެރިކަމެއްގައި ނުޖެހޭނެ ވަކިކުރަން މޯދީ މަހަށްދޭބަލަ އަކްޝޭ ކުމާރު ފުރަތަމަ އެޅާ އެއީ އިންޑިއާ މީހެއް ނޫނޭ އެޅާ އެއީ ކެނެޑާ ރައްޔިތެކޭ އޭނާ މަހަށްދޭބަލަ ބޮލީވުޑް ވެސް މަހަށްދޭބަލަ މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އަކީ އާރުކޭ އެކޭ މޯދީއައުޓް އިންޑިއާ އައުޓް

  2. ޑިމޮކްރަސީ

    ތިފެންނަނީ އަސްލު އިންޑިޔާގަ މިހާރު ވެރިކްނކުރާ ޔަހޫދީ ކަލޭގެ ގެ އަސްލު ސިފަ މުސްލިމުންނާ ދެކޮޅު އެންމެންނާ އޭނަ ވަރަށް ރުހޭނެ ޔަހޫދީ ދަވްލަތުގެ އެންމގާތަ އެކަކު ތި މޯޑީ އަކީ ދިވެހިން ހާހެއްނުވޭ ތިކަހަލަ ކިތަންމެ ލާދީނީ އާލާތުންނެއް އުޅޭނެ ތެޅި ތެޅި ތިބެންޖެހޭނީ އަހަރެމެންގެ ވެރި ﷲ ވޮޑިގެން ވަނީ އަހަރެމެންނާ އެކު އިންޝާﷲ