ޚަބަރު

އިންޑިއާ ކިބައިން މާފަށް އެދެމުން ރާއްޖެއާ ދެކޮޅަށް ކުރަމުން އަންނަ ކެންޕެއިން ހުއްޓާލަން އީވާ ގޮވާލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖޭގެ ޓޫރިޒަމްއާ ދެކޮޅަށް ކުރަމުން އަންނަ ބޮއިކަޓް ކެންޕެއިން ހުއްޓާލަން, ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް, އީވާ އަބްދުالله ގޮވާލައިފިއެވެ.

Ads by STELCO

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ, އެ ޤައުމުގެ ޔޫނިއަން ޓެރެޓަރީއެއް ކަަމަށްވާ ލަކްޝަދީޕަށް ވަޑައިގެން ޓޫރިޒަމް ޕްރޮމޯޓް ކުރަން އާއްމު ކުރެއްވި ވީޑިއޯއާއެކު އިންޑިއާގެ އެކްޓިވިސްޓުން ވަނީ ރާއްޖެ ނައުމަށް ގޮވާލާ ކެންޕެއިނެއް ފަށާފައެވެ. އޭގެ ފަހުން ސަރުކާރުގެ ބައެއް އޮފިޝަލުން ކުރި ބައެއް ކޮމެންޓްތަކާއެކު ކެންޕެއިން އިތުރަށް ފުޅާވެ, ބޮލީވުޑްގެ ތަރިން ވެސް ވަނީ ކެންޕެއިންގައި ބައިވެރިވާން ފަށާފައެވެ.

އެކަމާ ގުޅިގެން އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި އީވާ ވިދާޅުވީ, އިންޑިއާއަށް ނިސްބަތްކޮށް ސަރުކާރުގެ އޮފިޝަލުންނާއި ބައެއް އާއްމުންގެ ކޮމެންޓްތަކާއި ގުޅިގެން އިންޑިއާގެ މީހުންގެ ރިއެކްޝަންތައް "އަންޑަސްޓޭންޑަބަލް" ކަމަށެވެ. ނަމަވެސް އެއީ ދިވެހިންގެ ވިސްނުން ނޫން ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް ފާހަގަކޮށްލަން ބޭނުންވަނީ އިންޑިއާއާމެދު ޑެޕިއުޓީންގެ ބަސްތަކަކީ, ރާއްޖޭގެ މީހުންގެ ވިސްނުން ނޫން ކަމަށް." އީވާ ވިދާޅުވީ

"އެއީ ލަދުކުޑަ, ނަސްލީ ތަފާތު ކުރުން ބޮޑު, އަދި ބަލައިގަނެވޭނެ ކޮމެންޓްތަކެއް ނޫން"

އީވާ އިތުރަށް ވިދާޅުވީ, އިންޑިއާއަކީ ރާއްޖެއާއެކު ވަރަށް ގާތް ގުޅުމެއް އަބަދުވެސް ބާއްވާ ޤައުމެއް ކަަމަށެވެ. އަދި އިޤްތިޞާދީ, ސިއްޙީ އަދި ތައުލީމީ ކަންކަމުގައި ވެސް އިންޑިއާއަށް ރާއްޖެއިން ބަރޯސާވާން ޖެހޭކަމަށް ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance
  1. ބަލާތި

    އިންޑިއާމޯދީ އަކީ ކަނޑުކޮހެކޭ އޭނާ ބުނާ ގޮތަށް ދިވެހި ސަރުކާރުން ވަކިން ޚާއްސަ ކޮށް ޕީޕީއެމް ޕީއެންސީ ވެރިކަމެއްގައި ނުޖެހޭނެ ވަކިކުރަން މޯދީ މަހަށްދޭބަލަ އަކްޝޭ ކުމާރު ފުރަތަމަ އެޅާ އެއީ އިންޑިއާ މީހެއް ނޫނޭ އެޅާ އެއީ ކެނެޑާ ރައްޔިތެކޭ އޭނާ މަހަށްދޭބަލަ ބޮލީވުޑް ވެސް މަހަށްދޭބަލަ މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އަކީ އާރުކޭ އެކޭ މޯދީ އައުޓް އިންޑިއާ އައުޓް

  2. ބަލާތި

    ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ

  3. ބަލާތި

    ޗައިނާ އާއި އެކު ކުރިއަށްދެވޭނީ ރައީސް ޔާންޓޭ ދޫކޮށްގެން ޗައިނާ އަށް މުއިއްޒު ދަތުރު ކުރުމުން އެމެރިކާ އަދި އިޒްރޭލު އަދި އިންޑިއާ މޭކަރާނެއޭ އެކަމަކު ޗައިނީސް ސްޓައިލް ދަންނާނީ ހަމައެކަނި ރައީސް ޔާންޓޭ މުއިއްޒު އެކަތަ ވެރިކަމެއް ކުރާން ބޭނުންނަމަ ރައީސް ޔާންޓޭ އަފްއާމެއްގެ ދަށުން ދޫކޮށްލަންވީއޭ އެނޫންނަމަ ގޯސްވާނެއޭ އެއިރުން ޗައިނާ ފަތުރުވެރިން އައިސް ފުރާލާނެއޭ އަދުރޭ ބުނާގޮތަށް ގައުމު ނުހިންގާށޭ ގޯސްވާނެއޭ އެއީ ބޮޑު ކަނޑުކޮހެކޭ އަދުރޭ އައުޓް

  4. ހިންދޫން ނަކީ ވަރަށް ހަސަދަވެރި ބަޔެއް !

  5. ހައްގުބަސް

    މައާފަށް އެދޭކަށެއް ނުޖެހޭނެ! މޮޔަވީތަ. ގެޓަ ދަ ހެލް އައުޓް ފުރޮމް ހިއާ. ފުރަތަމަ ބޭ އަދަބީ ބަސް ބޭނުން ކުރީވެސް އަވަށްޓެރިން. މާފަށް އެދުނުތަ؟ އިންޑިއާއަށް ކިޔަވަން ދިއުން، ބޭސްފަރުވާއަށް ދިއުން، ދިރިއުޅެން ދިއުން، ވިޔަފާރި ކުރުން، ރާއްޛެގަ ތިބި ހުރިހާ އިންޑީއާ ވިޔަފާރި ވެރިން ރިސޯޓު އޯނަރުން، މަސައްކަތްތެރިން އައުޓް ކޮށްލީމަ ގެއްލުންވަނީ ކޮންބަޔަކަށްތޯ ހިސާބު ޖަހާބަލަ. ނެގި ލޯނުތަށް ނަގާފަ ހުރީ 1 މިލިއަން ނަގާފިއްޔާ 7 މިލިއަން ދޭގޮތަށް. ސޯ؟؟؟