ޚަބަރު

މާލޭގައި ފެންބޮޑުވެ މިއަދު ވެސް ފެން ހިއްކަން ސިފައިން ނިކުމެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

Ads by STELCO

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް ޢަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ފަށާފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯ ފުށްގުދަން، އައިޖީއެމްއެޗް، ވެސްޓްޕާކު، އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ކައިރީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަނަޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވުމާއި ގުޅިގެން ލިބިދާނޭ ގެއްލުމަކަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް ބައެއް ހިސާބުތަކަށް ރީނދޫ ސަމާލު އަދި ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު،ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށް ވިދާޅުވެފައި ވެއެވެ.

Ads by Allied Insurance
  1. ލައިޓް

    ޗައިނާގެ ރައީސް ޝީ ހެޔޮހިތުން ރާއްޖޭގެ ރައްޔިތުން ބޮލުގައި ފިރުމާލާ މަމެން ދިވެހިން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން ޗައިނާ އިން ތައްޔާރަށް އޮތް ކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޮޑު އަގްލަބިއްޔަތުން ހޮވާފައިވާ ހާކިމާ ގާތު ވިދާޅުވުން އެއީ ދެން ރާއްޖެ އާއި ޗައިނާ އާއި ދެމެދު ސީދާ ޗައިނާގެ އާގުބޯޓް ފަހަރު އެސްޓީއޯގެ ޝިޕިންހް ކޮމްޕެނީ އާއި ގުޅިގެން ފަށަންޖެހޭނެ ކަމެކޭ ޗައިނާގެ ރައީސް ޝީ އޫމް އޫމް އޫމް އޫމް ލިފްޓް މީ އަޕް ހޯލްޑް މީ ޑައުން ކީޕް މީ ކްލޯސްޑް ސޭފް އެން ސައުންޑް ކީޕް މީ އިން ދަ ވޯރމްތް އޮފް ޔުއަރ ލަވް ވެން ޔޫ ކެއަރ އޮފް އަސް ޓޭކް ދިސް ޓައިމް އެން ސްޓޭ ވިދް އަސް ކީޕް މީ ސޭފް ސޭފް އެން ސައުންޑް ލިފްޓް މީ އަޕް ހޯލްޑް މީ ޑައުން ކީޕް މީ ސޭފް ސޭފް އެން ސައުންޑް ކީޕް މީ ސޭފް ވީ ނީޑް ލައިޓް އައި ނީޑް ލަވް އައި ނީޑް ލަވް އައި ނީޑް ލަވް އައި ނީޑް ލަވް ހޯލްޑްމީ ހޯލްޑް މީ ހޯލްމީ..