ޚަބަރު

ރައީސް ޔާމީން ވެސް ވޯޓް ލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިހާރު ކުރިޔަށްދާ މާލޭގެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ކުރީގެ ރައީސް, އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވޯޓް ލައްވައިފިއެވެ.

Ads by Hajj Corporation

ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ލުއިކޮށް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ރިޔާސީ އިންތިޚާބަށް ފަހުއެވެ. ރައީސް ޔާމީނަށް ސިޔާސީ ކަންކަމުގައި އުޅުން ވަނީ މަނާކޮށްފައެވެ.

ސިޓީ ކައުންސިލްގެ އިންތިޚާބުގައި ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕީއެންއެފްގެ ފަރާތުން ހުސެއިން ވަހީދު ވާދަ ކުރައްވައެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މި ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.

މާލެ ސިޓީ މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބާއްވަނީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު އަދި ހެންވޭރު ދެކުނު ދާއިރާއަށް މެންބަރުން ހޮވުމަށް ބައި އިލެކްޝަންގެ ވޯޓުލުން ވެސް މިއަދު ކުރިޔަށްދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!