ގޯތިތައް ހަވާލުނުކުރާ ނަމަ ކޯޓަށް ވެސް ދާނަން: އާޒިމް
އެމްޑީޕީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ހަވާލުނުކުރާ ނަމަ، އެކަމުގައި ކޯޓަށް ދާން ޖެހިއްޖެ ނަމަ ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް މާލޭ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭ މޭޔަރު އިންތިހާބު ކާމިޔާބުކުރުމުގެ އުފާ ފާޅުކުުރަން ސަލްޓަން ޕާކްގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ ވިސްނުން ހުރީ ގޯތި ހަވާލުކުރުން އަވަސް ކުރުމަށް ދިޔުން ކަމަށެވެ.
ގޯތިތައް ލިބޭނެކަން ކަށަވަރު ކުރުމަށް ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އާޒިމް ވިދާޅުވިއެެވެ.
“ކައުންސިލް މެދުވެރިކޮށް މި ލިބިފައި ހުރި ބިންތައް ހަވާލުކުރަން ކޯޓަށް ވައްދަން އެ މަރުހަލާ ފެށިދާނެ އަޅުގަނޑަށް. އަޅުގަނޑުމެން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ މިކަން ކުރަން" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ތިން މަސް ތެރޭގައި މަޖިލިސް އިންތިހާބު ބާއްވާނެ ކަމަށާއި އެއީ ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ.
”ތިބޭފުޅުން ބޭނުންވާ ގެދޮރު ހޯދުމަށް އެ އިންތިހާބު މުހިއްމު. ވަރަށް މުހިއްމު" އާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން އުޅެނީ އެމްޑީޕީގެ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ހަވާލު ނުކުރަން ކަމަށާއި އެ އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ ގޯތިތައް ހަވާލުކުރަން އުނދަގޫވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަަމަށެވެ.
ގަދަބަސް މާބޮޑު ފައިދާއެއްނުވާނެ؟ ގިނަ ގޯތީ ދީފައިހުރީ ޕޭމަންޓްމަތިން.
މާބާރަށް ތެޅިނުގަންނާތި! ސަރުކާރާ ދެކޮޅަށް އުޅެގެން ހެދޭނޭ ގަދައެއް ނޯންނާނެކަން ޚުދް ޢާޒިމަށް،ވަރަށް ރަނގަޅަށް އެނގޭނެ…އިދިކޮޅުޕާޓީއެއް ވީމަ،ކިތަންމެރަނގަޅުކަމަކަށްވެސް އިދިކޮޅު ހަދައިގެން މަސްލަޙަތު ގެއްލުވާނުލާތި..ރަނގަޅާގޯސް ވަކިކޮށް ދެނެގަންނަން އެނގެންވާނެ..!
ފކ ޔ މެން!
ައަދުރޭ ގޮވައިގެން ރައީސް ޔާމީން 2018 ކާމިޔާބު ކުރަން އުޅުމުން އެއިރުވެސް މަމެން ބުނީމޭ ތިމެން ގޮވައިގެން ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުވާނެއޭ އެގޮތަށް އެކަން ދިޔާ ވެސް މިފަހަރު ރިޔާސީ އިންޔިޚާބު ޕީޕީއެމް ކާމިޔާބު ކުރަން ކެމްޕެއިން ފެށުމުގެ ކުރިން މަމެން ރައީސް އިބޫ އާއި ދެކޮޅުކެމްޕެއިން 2019 ގައި ފަށާ އިންޑިއާ ސިފައިން އެއީ ވަރުގަދަ ބޭސް އަކަށް ހަދާ ދޮގު ތެދަށް ބަދަލުކޮށް ހެދީ 5 އަހަރުގެ ކެމްޕެއިން ތަކުން އެވަރު ނުކުރެވޭނެ ޔާންޓޭ ދޫނުކޮށް
މާލޭ މޭޔަތު ކަން ޕީޕީއެމް އަށް ގެއްލުނީ މުއިއްޒު އަދުރޭ ބުނާ ގޮތަށް ހަދައިގެންނޭ އަދުރޭ އެވަނީ ރައީސް ޔާމީނަށް ގައްދާރުވެފައޭ މުއިއްޒު ހޮވުނުރޭ އޭނާ ބުނީ އޭނާގެ ދަރި ގާތު ދެން ކޮންމެހެން ޔާންޓޭ މިނިވަން ކުރާ ވާހަކަ ދައްކަން ނުޖެހޭނެއޭ ޔާންޓޭ އަށް އޮތް ބައި ސަރުކާރުގެ ތެރޭން އޭނާ މުއިއްޒު އަށް އޮޅުވާލައިގެން ދަމައިގަންނާނީ ކަމަށޭ ދެން ޓޫރިޒަމް މިނިސްޓަރު ކަން އޭނާ ބުނެގެން އޭނާގެ ދަރި އަށް ދިނުން އެއީ ފުރަތަމ ގަބުޅި ކަތީބު ގޮތޭ އެހޮތަށް ސަރުމާރު