ޚަބަރު

އިންޑިއާ ސިފައިންގެ މައްސަލަ: ދެވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީގެ ދެވަނަ ބައްދަލުވުން އިންޑިއާގައި ބޭއްވުމަށް ނިންމާފައިވާ ކަަމަށް އިންޑިއާއިން ބުނެފިއެވެ.

Ads by MWSC

މި ކޮމިޓީގެ ބައްދަލުވުމެއް މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. ހަ ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ދެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ވަނީ އިންޑިއާގެ ސިފައިން މާރިޗް 15ގެ ކުރިން އިންޑިއާއަށް އަނބުރާ ގެންދިއުމަށް އަންގާފައެވެ.

މި ބައްދަލުވުމަށްފަހު އިންޑިއާގެ އެކްޓާނަލް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ,
ދިވެހިންނަށް މެޑްވެކްގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެޤައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ޙައްލެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ރާއްޖެއިން ވަނީ މާރިޗް މަހުން ފެށިގެން މެޑިވެކަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުން ކުރުމަށް ނިންމާފައެވެ.

  1. ކަކުނި

    ތި ހެލިކޮޕްޓަރެއް ދުއްވަން އިންޑިއާ ވަރެއް އެބަހުއްޓޭދޯ. ހަމަ ކޮންމެސް އެއްޗެކޭ ކިޔާފަ ތިބެވ ެތޯ. ދިވެހިންނަށް ތި ދުއްވޭނެނު ބާލާއެންމެން.