ޚަބަރު

ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ވައްޓާލަން އިންޑިއާއިން ސިފައިން ފޮނުވަން ކެރޭނެތޯ އިންޑިއާގެ ސިޔާސީ ލީޑަރަކު ސުވާލު އުފައްދަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށް, ރައީސްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުރުކުރަން ސިފައިން ފޮނުވަން އިންޑިއާއަށް ކެރޭނެތޯ އެ ޤައުމުގެ ސިިޔާސީ ލީޑަރަކު ސުވާލު އުފައްދަވައިފިއެވެ.

Ads by MWSC

އެ ގޮތަށް ގޮވާލާފައިވަނީ, އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭކަމަށް މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ގޮވާލި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސުބްރަމާނިޔަމް ސްވާމީއެވެ. އޭނާއަކީ މިހާރު ވެސް ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ވަޒީރުކަން ވެސް ކުރައްވާފައެވެ. އޭނާއަކީ ބީޖޭޕީގެ މެންބަރެއް ނަމަވެސް, ފަހަކަށް އައިސް އޭނާ ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އޭނާއަކީ އިންޑިއާއަކީ ސައްތައިން ސައްތަ ހިންދޫ ސްޓޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ބާރު އަޅަމުން އަންނަ އެކަމަށް ގޮވާލާ މީހެކެވެ. އިންޑިއާއަކީ މިވަގުތު ސެކިއުލާ ޤައުމެކެވެ.

އިންޑިއާ-ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ މިދަނޑިވަޅުގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުން އެނބުރި ވަޑައިގެން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން މުހުލަތެއް ދެއްވާފައިވާ ކަމަށެވެ. އެއަށް އިންޑިއާ ސަރުކާރުން އަމަލު ކުރާނަންތޯ އޭނާ ވަނީ އައްސަވާފައެވެ.

"ޝުކުރުކުރަން ނޭނގޭ ދިވެހިރާއްޖޭއާ މެދު މޯދީގެ ސަރުކާރުން ކުރާނީ ކީތް? ރަޖީވް ގާންދީ ގޮތަށް އިންޑިއާގެ ސިފައިންގެ ފައުޖެއް ރާއްޖެ ފޮނުވާ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލާނީތަ?" ސުބްރަމާނިޔަމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރަޖީވް ގާންދީގެ ވެރިކަމުގައި އިންޑިއާގެ ސިފައިން ރާއްޖެ އައި ކަަމަށް އިޝާރާތް ކުރައްވަނީ 3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ތަމަޅައިން ދިން އުދުވާނާއި ގުޅިގެން ރާއްޖެއިން އެހީތެރިކަން އެދުމުން އެ ޤައުމުގެ ސިފައިން ރާއްޖެއަށް އައުމާއެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވާފައިވަނީ ޗައިނާއަށެވެ. މީގެ ކުރިން ރާއްޖޭގެ ހުރިހާ ރައީސުން ވެސް ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާއަށެވެ.

އިންޑިއާއަށް ބަރޯސާވުން ކުޑަކުރަން މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތުކުރީން ކާޑުގެ ބާވަތްތައް ގެނައުމާއި, ބޭސްފަރުވާއަށް ތައިލޭންޑާއި ޔޫއޭއިން ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި, ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ބަލި މީހުން އުފުލަން އިންޑިއާގެ އުޅަނދުގެ ބޭނުންނުކޮށް, ރާއްޖޭގެ އެއަރކްރާފްޓެއް ބޭނުން ކުރަން ފަށަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

  1. މިޖެހެނީ ބަލާވެރިކަން. ކޮބައިތަ މައްސަލައަކީ؟ އިންޑިއާ މީހުން ބުނާ ކޮންމެ ގޮތެއް ހަދައިގެން ދިވެހިން އުޅެން ޖެހެންވީ ކީއްވެގެންހޭ؟
    ބިރުދެއްކުމުގެ ގޮތުން ޒާތް ޒާތުގެ ސުވާޅު ނުއުފައްދާށޭ. ދިވެހިން ނަކީ ޒަމާނުއސުރެެ މިނިވަން ބައެއް ބަލަބާރިންނާއި ،ހޮޅީންނާއި ކަނައްކަ ފޫޅު ފަދަ މީހިން މާޒީގައި ރާއްޖެ ހިފަން މަސައްކަތް ކޮށްފައިވޭ. އެދުވަހަށް ފަހު، ރާއްޖެ ބަޑުދަށޫ ލުމުގެ ވިސްނުން ބަަދަލުނުވާކަން އަހަރެމެންނަށް އެގޭ.

  2. މުށްތުސުވާމީ

    ނ
    ދިވެހިން ގެ ދާޙަިލީ ކަން ކަމުގެ ތެރެއަށް ވަނުމުގެ ހައްގެއް ސުބުރަމާނީ އަކައް
    ލިބިގެން ނުވޭ އިގޭ މާބޮޑވެގަނެގެން ނުއުޅޭތި

    • ކިސްރާގެކޮއިލުވެސްނެތިހިގެއްޖެ މޯދީގެވެރިކަންދާންވެސްފަޅިސިކުންތައްވެސްނުނަގާނެ! ބޮނޑާވެގެންނުއުޅުއްވާ!

  3. އެމްޑީޕީ އަދުއްވުން އަތް ޖަހާ.

  4. ރާއަލިފު

    ތީ މުނާފިގު ހައިވާނެއް ގޮރުބޮއެ ޖަނަވާރާ އެއްކަމެއް ނުކުރެވޭނެ ތަޅާ ބާލާނަން

  5. އާދެބަލަ ނިކަން ހިފަން، ކަނޑު މަހާއި ރިހާކުރުން ތަޅާ ކުރާނަން.އިރާދަކުރެއްވިއަޔާ

  6. އިސްކުރުބެ

    ސުބުރަމާނީ ބުނަންތަ ސިފައިންނާއި، ނިއުކްލިއަރ ހަތިޔާރު ކުރީކީ އަދި ދުރުރާސްތާތަކަށް ފޯރާވަރުގެ މިސައިލުތައްވެސް ހުރީކީ އިންޑިޔާ އަތުގަ އެކަންޏެއް ނޫން މިރާއްޖޭގަ ތި މިސައިލާ، ތި ނިއުކްލިއާރ ހަތި ޔާރުމެތީ އަކު ރަހުމަތްތެރި ޤައުތަކުގަ ތިއެއްޗެހިތައް އެބަހުރި ފުއްޕަން ނުހަދާ ގެރި ގޮރުބޮއިގެން އަމަލު ވުމަކީ އަހަރެމެންގެ ކަމެއްނޫން ތި ނަޖިސް ކަންތައް ކުރާ ޖަނަވާރުންނަށް އަހރެމެން ބުނަންއޮތީ ތީ އައްޗި ކަމެކޭ.