ޚަބަރު

ޤައުމީ ލަފާދޭ ކޮމިޓީއަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ ޖަމިއްޔާއެއް ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމިޓީއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމިއްޔާއެއް ހޯދަން އިޢުލާންކޮށްފިއެވެ.

Ads by Hajj Corporation

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޤައުމީ ލަފާދޭ ކޮމިޓީ" އަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމްޢިއްޔާއެއް ހޯދުމަށް، އީސީން ބޭނުންވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާ ޖަމާޢަތްތަކުގެ ތެރެެއިން މިކަމަށް ޝައުގުވެރިވާ އެންމެހާ ޖަމިއްޔާ ޖަމާޢަތްތަކަށް، 2024 ޖަނަވަރީ 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް، އެފުރުޞަތު ހުޅުވާލާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

މިކަމަށް ‏ޝައުގުވެރިވާ ޖަމިއްޔާ ޖަމާޢަތްތަކުން އެކަން ބަޔާން ކުރެއްވުމަށްފަހު، އިސީއަށް އެ ޖަމްޢިއްޔާއެއްގެ ޕްރޮފައިލް އަދި ރަސްމީ ލެޓަރ ހެޑުގައި، ސިޓީއެއް ފޮނުވުމަށް ހަބީބް ވިދާޅުވިއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!