ފިލައިގެން އުޅޭ ދެ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި

ފިލައިގެން އުޅޭ ދެ ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.
އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދެ ފިރިހެނުންނެވެ.
ފޮޓޯއާއި ވަނަވަރު އާންމުކޮށް އިމްގްރޭޝަނުން ވަނީ އެ ދެ މީހުންނާ ގުޅޭ މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތެއް އެ އިދާރާއާ ހިއްސާކުުރުމަށް އެދިފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދު ކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބައްޓަން ކުރުމަށް އިމިގްރޭޝަނުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކްކުރުން ހިމެނެއެވެ.
ހަމަ އެހެންމެ ޗެކް ކުރުމަށްފަހު އިމިގްރޭޝަންގެ ގާނޫނާއި ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.