ޚަބަރު

ސެމްސަންގް އެސް24 މިރޭ ދަންވަރުން ފެށިގެން އުރީދޫއިން ޕްރީ-އޯޑަރު ކުރެވޭނެ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސް އިން ސެމްސަންގް S24 ސީރީޒް ގެ ޕްރީ-އޯޑަރަށް ހުޅުވާލަން ނިންމައިފިއެވެ.

Ads by Sosun Fihaara

އުރީދޫ އިން ބުނީ ޕްރީއޯޑަރު ކުރަން ފެށޭނީ ހުކުރު ދުވަހުގެ މެންދަމު 00:00 އިން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަމަށެވެ.

ޕްރީ އޯޑާކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް ލިބޭނެ ކަމަށާއި އަދި ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފާ، އެޑޯބީ އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފާ އަދި ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000ރ ގެ މޫލީ ވައުޗާއެއް ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ސެމްސަންގް S24 ސީރީޒްގައި 3 މޮޑެލް ހިމެނެ އެވެ. އެއީ ސެމްސަންގް ގެލެކްސީ S24، ސެމްސަންގް ގެލެކްސީ S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ S24 އަލްޓްރަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!