ވިޔަފާރި

ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވެމްކޯ މުޒަފުންތަކެއް ކުނި ނަގަނީ

ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގަމުން އަންނަ ފީ ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފައްޓަވައިފިއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން މިހާރު ނަގަމުން އަންނަ ފީ ކުޑަކޮށް، މިއަށްވުރެ ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާކަމަށެވެ.

ނާޒިމް ވިދާޅުވީ މިހާރު ނަގަމުން އަންނަ ފީ މުރާޖައާކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯއިން ހުށަހަޅާފައިވާ ކަރުދާހާއި މެދު މަޝްވަރާކުރުމަށްފަހު، ކުޑަ އަގެއްގައި އެކަން ކުރެވޭނެ ގޮތް ހޯއްދެވުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިހާރު ނަގަމުން އަންނަނީ ޓަނަކަށް 1060 ރުފިޔާއެވެ. މި ފީ ކުޑަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!