ޚަބަރު

ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ، އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރ ސަން ހައިޔާން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

Ads by Hajj Corporation

އެކަމަނާގެ މި ދަތުރުފުޅަކީ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް މިމަހުގެ 21 އިން 23 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ، އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ އަބްދުއްސަމަދެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހަށް ސީޕީސީގެ ވައިސް މިނިސްޓަރ އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހާރިޖީ ވަޒީރު މޫސާ ޒަމީރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަރިހަށްވެސް އެކަމަނާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސީޕީސީގެ ވައިސް މިނިސްޓަރގެ މި ދަތުރުފުޅުގައި މަހިބަދޫ ކައުންސިލުން ބާއްވާ ހާއްސަ ރަސްމިއްޔާތެއްްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ، އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރ ސަން ހައިޔާން ރާއްޖެ ވަޑައިގެންފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހު ކުރީކޮޅު ސަރުކާރުގެ މަތީ ފަންތީގެ ވަފްދަކާއެކު ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވައި، މުހިއްމު އެއްބަސްވުންތަކެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!