ޚަބަރު

އިންތިޚާބީ ކައުންސިލަރު އެމްޑީޕީން ކެނޑިގެން ކޮންގްރެސް ޕާޓީއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ފަހުން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މެދުހެންވޭރު ދާއިރާއަށް އިންތިޚާބުވެ ވަޑައިގަތް ކައުންސިލް މެންބަރު އަހްމަދު ރިޝްވާން އެމްޑީޕީ ދޫކުރައްވާ ސަރުކާރުގެ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

Ads by MWSC

އިންތިޚާބުވެ ވަޑައިގަތް ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭއެވެ.

ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން ކައުންސިލަރު. ރިޝްވާނު ފޯމް ވަނީ ޑރ. މުޢިއްޒުއާ މިއަދު ހަވާލު ކުރައްވާފައެވެ.

ބައި އިލެކްޝަންގައި ތިން ދާއިރާއާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ވޯޓް ވަނީ ލާފައެވެ. ތިން ދާއިރާގެ ތެރެއިން ދެ ދާއިރާ ކާމިޔާބުކޮށްފައިވަނީ ކޮންގްރެސް ޕާޓީންނެވެ. މާލޭ ސިޓީ މޭޔަރުގެ ގޮނޑި ނެގީ އިދިކޮޅު އެމްޑީޕީންނެވެ.

ރިޝްވާނާއެކު އަދިވެސް މާލޭ ސިޓީ ކައުންސިލް ސުޕަ މެޖޯރިޓީ އޮތީ ސަރުކާރަށެވެ. މާލެ ސިޓީ ކައުންސިލްގައި 19 މެންބަރުން ތިއްބަވާއިރު، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 13އެވެ.

Ads by HDC
  1. ހަސަން

    ތިޔަ ކައުންސިލަރުގެ ލަދުހަޔާތްކޮބާ މަންމަޔާ އިންނަވެސް އުޅެފާނެ ކާކު ތިމައްލޫނައް އިރުބާރުކުރާނީ