ޚަބަރު އިޖުތިމާޢީ

އެޗްޑީސީގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ސިޓީ ކައުންސިލަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
އެޗްޑީސީ މައި އިމާރާތް

ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން- އެޗްޑީސީގެ 600 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by STELCO

އެޗްޑީސީއިން ކުރަމުން އަންނަ މުނީސިޕަލް މަސައްކަތް ވަނީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދުކޮށްފައިއެވެ. މިބަދަލާއި ގުޅިގެން މާލޭ ސިޓީ ކައުންސިލަށް އެ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުން ބަދަލުކުރުމަށް ވަނީ ނިންމާފައިއެވެ.

މި މުވައްޒަފުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި ކަމުގައި ވީނަމަވެސް އެމީހުގެ އުޖޫރައަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައިއެވެ.

އެޗްޑީސީއިން ކުރިއަށް ގެންދާ ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމަށް ހުންނެވި އިރު އެމަނިކުފާނު ވަނީ ހުޅުމާލެ، މާލެ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ވަނީ މި ބަދަލު ގެނައުމަށް މަސައްކަތް ކޮށްފައިއެވެ. އަދި ކުރީގެ ސަރުކާރާއި މިކަން މަޝްވަރާކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.ނަމަވެސް ކުރީ ސަރުކާރުން ވަނީ މިކަމަށް ދެކޮޅު ހަދާ، ހުޅުމާލެ މާލެ އެޗްޑީސީގެ ދަށުގައި ބޭއްވުމަށް ނިންމާފައިއެވެ.

ނިމިދިޔަ އަހަރު އާބްންކޯއަށް އެޗްޑީސީގެ ނަން ބަދަލުކޯށްފައި ވީނަމަވެސް އެ ކޯޕަރޭޝަންގެ ނަން މިވަނީ އަނެއްކާވެސް އެޗްޑީސީއަށް ބަދަލުކޮށްފައިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!