ކާމިލް ދީދީ މަދަރުސާ މަރާމާތް ކުރާނެ ބަޔަކުހޯދަނީ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޕްރައިމަރީ ސްކޫލް، ކާމިލް ދީދީ ސްކޫލް މަރާމާތްކުރާނެ ބައެއް ހޯދަން އިއުލާންކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ނެރެފައިވަ އިއުލާނުގައި ބުނެފައިވާގޮތުގައި، މި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް އެކަމާއި ގުޅޭ ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށާއި ބީލަން ހުށަހަޅާ ފަރާތްތަކުގެ ފުރިހަމަވާންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ހިމެނިފައިވާނެ ކަމަށެވެ.
މި މަސައްކަތާއި ހަވާލުވާން އެދޭނަމަ ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މި މަހުގެ 26 ގެ ނިޔަލަށެވެ."ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރާނެ ބީލަން ހުށަހެޅޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައިއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ 10:00 ގައި އެޑިއުކޭޝަންގެ މިނިސްޓްރީގެ 8 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ދޭއްގައެވެ. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށް އެ މިނިސްޓްރީގެ އިއުލާންގައި ވަނީ ބުނެފައިއެވެ.
އިތުރުން ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަސްކަމަށްވެސް އެ އިއުލާންގައި ވަނީ ބުނެފައިއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލު, އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭއެވެ.