ހުޅުމާލޭ ދެކުނަށް 6 ކެނޑިޑޭޓުން, ދުންޔާގެ ނަންބަރަކީ 3!

ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގައ ހުޅުމާލޭ ދެކުނު ދާއިރާއަށް ހަ ކެނޑިޑޭޓަކު ކުރިމަތިލާއެވެ. މިއީ އެއް ދާއިރާއަކަށް މި ޕްރައިމަރީގައި ވާދަ ކުރާ އެންމެ ގިނަ ކެނޑިޑޭޓުން ވާދަ ކުރާ ދާއިރާއެވެ.
ހުޅުމާލޭ ދާއިރާގެ ސަރުކާރު ޕާޓީގެ ގޮނޑިއަށް ކުރިމަލާ ބޭފުޅުންނަކީ, ރަޙްމަތުالله އަޝްރަފް, ޝާނީޒް ހާސިމް, ދުންޔާ މައުމޫން, މުޙައްމަދު އަޙްލާމް, އައިމިނަތު ޒައީމާ, މުޙައްމަދު އިޙްސާން އިބްރާހީމް ހިމެނެއެވެ.
މި ދާއިރާއަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ދުންޔާ މައުމޫންގެ ކެނޑިޑޭޓް ނަންބަރަކީ 3އެވެ.

ދުންޔާ މައުމޫންގެ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން... ދެން އިމޭޖްސް
ދުންޔާކީ ރާއްޖޭގެ ތާރީޚްގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ފުރަތަމަ ކަނބަލެވެ.
ދުންނާއަކީ ސޯޝަލް އެންތްރޮޕީ ދާއިރާއިން ކޭންބްރިޖުން ތައުލީމް ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. އޭގެ ފަހުން ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން މާސްޓާސް އޮފް ފިލޯސޮފީ ހާސިލް ކުރެއްވިއެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އެމެރިކާގެ ޓްފްޓްސް ޔުނިވަރސިޓީން މާސްޓާސް އިފް ލޯ އެންޑް ޑިޕްލޮމަސީ ކިޔަވާ ވިދާޅުވިއެވެ,
ދުންޔާ މައުމޫންގެ މަސައްކަތް ފައްޓަވާފައިވަނީ 1998ވަނަ އަހަރުއެވެ. އޭރު އެކަމަނާ މަސައްކަތް ކުރެއްވީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑުގައެވެ.
ސިޔާސީ މަސައްކަތަަށް ބަލާލާއިރު, ރައީސް ޔާމީންގެ ދުވަސްވަރު ޕީޕީއެމްގެ ވަރަށް އިސް ސަފުގައި ދުންޔާ މަސައްކަތް ކުރެއްވިއެވެ. އޭގެ އިތުރުން އިތުރު ސިޔާސީ ޕާޓީތަކުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

ދުންޔާގެ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން.. ޑޯޓުޑޯއާއި ކަންމަތީ ޖަލްސާތައް ވަނީ ބާއްވާފައި..
ކެނޑިޑަސީ ހުށަހެޅުއްވުމަށްފަހު މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދުންޔާ ވިދާޅުވީ, އެކަމަނާގެ އަޒުމަކީ ޕްރައިމަރީ އަދި އިންތިޚާބު ކާމިޔާބުކޮށް, ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ.
އަޅުގަނޑުގެ އުންމީދަކީ މި ދެ އިންތިޚާބު ކާމިޔާބުކޮށް, ދިވެހި ރައްޔިތުންނާއި ޚާއްސަކޮށް ހުޅުމާލޭގެ ރައްޔިތުންނާ ވަރަށް ގާތުން ޚިދުމަތް ކުރަން ފުރުސަތު ލިބުން" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ އިތުރަށް ވިދާޅުވީ, ހުޅުމާލޭ ޕްރޮޖެކްޓަކީ އެކަމަނާގެ ބައްޕާފުޅުގެ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި, އެ ދާއިރާއަށް ކުރިމަތި ލެއްވީ ދާއިރާގައި މުހިންމު މަސައްކަތްތަކެއް ރައްޔިތުންނަށް ގުޅިގެން ކުރެއްވުމަށް ކަމަށެވެ.
"ހުޅުމާލެއަކީ އަޅުގަނޑުގެ ބައްޕަ, ރާއްޖެއަށް ގެނައި ތަރައްޤީގެ ވަރަށް މުހިންމު އެއް މަޝްރޫޢު" ދުންޔާ ވިދާޅުވިއެވެ.
ދުންްޔާ ރަނގަޅުވާނެ!
މިފަހަރު ކުރިމަތިލާފައި ތިބިހުރިހާ ކެންްޑިޑޭޓުންގެެ ތެރެއިން އެންމެ ރަނގަޅީ ދުންޔާ