ކޮވިޑް-19: ގދ.ތިނަދޫ އިން މީހަކު ފައްސިވެ ރަށް މޮނިޓަރިންގ ހާލަތަށް
ގދ.ތިނަދޫއިން މީހަކު ކޮވިޑް-19އަށް ފައްސިވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ. ކޮވިޑް-19އާ ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަންބެލުމަށް މި ރަށް މޮނިޓަރިންގެ ހާލަތަށް ލައިފައިވަނީ މިއަދު މެންދުރުއެވެ.
ދެން އަށް ކަށަވަރުވެފައިވާ ގޮތުގައި އެރަށުން ފައްސިވެފައި ވަނީ 68 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހާއަކީ އެރަށު ބޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެ ބޯޓަކީ މީގެ 4 ވަރަކަށް ދުވަސް ކުރިން ވެރިރަށް މާލެއިން ފުރައިގެން ތިނަދޫއަށް ގޮސްފައިވާ ބޯޓެކެވެ.
ދެން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއާއި ގިނަ ބަޔަކު ވަނީ ކޮންޓެކްޓް ވެފައެވެ.މިހާރު އެމީހާ ފައްސިވުމުގެ ސަބަބުން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް ކުރިއަށްދާ ކަމުގައި މައުލޫމާތު ލިބެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ވެސް ވަނީ އަތޮޅު ތެރޭގައި ކޮވިޑް:19ގެ 6 ކޭހެއް ފެނިފައެވެ. އަދި މާލޭ ސަރަހައްދުން 134 ކޭސް ވަނީފެނިފައެވެ.