ޚަބަރު

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްއިން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން..

ސަރުކާރުގެ ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

Ads by STELCO

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްއިން ނިންމާފައިވާއިރު, މަޖިލީހުގައި އިދިކޮޅު އެމްޑީޕީއާއެކު މަސައްކަތް ކުރަން އެ ޕާޓީން ވަނީ ނިންމާފައެވެ.

ވަޒީރުންނަށް ރުހުން ދިނުން ވެސް ހިމެނޭ ގޮތަށް ދައުރުން ބޭރުން މިއަދު ބާއްވާ ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އަސާސްތަކަށް ބަލާއިރު އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލު ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

"ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން،" ބަޔާނުގައި ބުންޏެވެ. "އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލު ކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކީގައި އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެ މަތިން."

ތަފްސީލް އަންނަނީ

Ads by Ooredoo
  1. ވަޒީރުންނަށް ރުހުން ނުދީ ދާއިރާގެ ގނޑި ލިބޭނެކަމަށް އުންމީދު ކުރުމަކީ މޮޔަކަމެއް