މީހެއްގެ އެކައުންޓުން 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގައި ބިދޭސީއަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަމުން އަންނަ ކަމަށެވެ.
އަދި އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުން އަންނަނީ އިންޑިއާއަށް ނިސްބަތްވާ ސައި ތެޖާ މެދަރަމެޓްލާ ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް 3 ފެބްރުވަރީ 2024 ވާ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް ދެއެއް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނާ އަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.