ޚަބަރު

އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by STELCO

މި މައްސަލަ ހުށަހަޅާފައިވަނީ ސަރުކާރު ކޯލިޝަންއިންނެވެ. މި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 23 މެންބަރުންގެ ސޮއިއާއެކުގައެވެ.

މަޖިލީހުގެ ރައީސާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި މިވަނީ ސަރުކާރުގެ ކެނބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމާފައިވަނިކޮށެވެ.

މިއަދު ރުހުންދޭން ބާއްވަން އުޅުނު ޖަލްސާއަށް ސަރުކާރުގެ މެންބަރުން ވަނީ ހުރަސް އަޅާފައެވެ. އެޖަލްސާ ކުރިޔަށް ނުގެންދެވުނުއިރު, މިއަދުު މަޖިލިސް ޗެންބަރުގެ ތެރެއިން ބައެއް މަޖިލިސް މެންބަރުންނަށް ވަނީ އަނިޔާވެފައެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށްބުނެ ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި، މުޅި ޤައުމުގެ ލާބައާއި މަންފާއަށް ރިޔާއަތްކުރައްވަން ޖެހޭނެކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!