ޚަބަރު

ރައީސް ޞާލިޙް އަޑީގައި ހުންނަވައިގެން ޑިމޮކްރެޓިކް ނިޒާމު ފުޑާލާ, ސިޔާސީ ހަމަޖެހުން ނަގާލަން ދަނީ މަސައްކަތް ކުރަމުން: ޑރ. ޝަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަޑީގައި ހުންނަވައިގެން ޑިމޮކްރެޓިކް ނިޒާމު ފުޑާލާ, ސިޔާސީ ހަމަޖެހުން ނަގާލަ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ,

Ads by MWSC

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެންނެވެ. ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ޝަހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާތީ ވެގެން ރާއްޖޭގެ ދިމިގްރާތީ ނިޒާމު ހަލާކުކޮށްލަން ކުރާ މަސައްކަތް ފެއިލް ވާނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގަދަކޮށް ވެރިކަމުގައި ދެމި ހުންނަވާނެ ކަމަށާއި އަދި ސަރުކާރު ވެސް ގަދަކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އިތުރު ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޞާލިޙް އަޑީގައި ހުންނަވައިގެން ޑިމޮކްރެޓިކް ނިޒާމު ފުޑާލާ, ސިޔާސީ ހަމަޖެހުން ނަގާލަން ކުރަމުންދާ މަސައްކަތް ކުށްވެރިކުރައްވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ތިއްބަވާއިރު އެމްޑީޕީން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ. އެމްޑީޕީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސްއިން ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން މަސައްކަތް ކުރިއިރު އެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އެ ޖަލްސާ އަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ހުރަސްއަޅައި ޖަލްސާ ކުރިއަށް ގެންދިޔަނުދީ ހިފަހައްޓާފަ އެވެ.

Ads by Allied Insurance
  1. ަައަހުމަދު.

    މަޤާމުމުގެ ދަހިވެތި ކަމުގަ ތެޅިމަރުވާމީހެއް. ބެހޭކަމެއް ނުބެހޭ ކަމެއް ނޯވެ.

  2. ވީހާ އަވަހަކަށް ސޯލިބޭ ހައްޔަރުކުރުމަށް ގޮވާލަމެވެ