ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓް ލާން ތައްޔާރުވެއްޖެ
ވަޒީރުންނަށް ރުހުންދޭ ވޯޓް ލާން ރައްޔިތުންގެ މަޖިލީހުން ތައްޔާރުވެއްޖެއެވެ.
ވަޒީރުންނަށް ރުހުމުގެ ވޯޓު ނެގުމަށްޓަކައި ރަނގަބީލު ޖަހަން މަޖިލީހުގެ ރައީސް އަސްލަމް ވަނީ އަންގަވާފައެވެ. އަސްލަމް އިންނެވީ ވަޒީރުން ތިއްބަވާ ގޮނޑިކޮޅުގައެވެ.
މަޖިލީހުގައި މިވަގުތު ހުރިހާ މެންބަރުން ވެސް ތިއްބެވީ ކޮޅަށެވެ.
މިއަދުގެ މަޖިލިސް ފުރަތަމަ ފެށީ 8 ޖެހިއިރުއެވެ. އޭރު މަޖިލިސް ރައީސްގެ މައިކް ނެގުމާ ގުޅިގެން ޖަލްސާ މެދުކަނޑާލިއެވެ. ފަހުން ޖަލްސާ ފެށީ 22:41 ގައެވެ.
ރިޔާސަތުން ގެންދަވަނީ ބައެއް މެންބަރުންގެ ނަން އިއްވަމުންނެވެ.
މަޖިލީހުގައި މެންބަރުން ގެންދަވަނީ ދުންމާރި ފުމެ އަޑު ގަދަ ކުރަމުންނެވެ.
Ads by Allied Insurance