ޚަބަރު

ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ އެއްގޮތަށް އެ ލިސްޓް އިސްލާހު ކުުރުމަށް ފަހު ގެޒެޓްކޮށް އަނެއްކާ ވެސް ޝަކުވާއަށް ހުޅުވާޅައިފިއެވެ.

Ads by Hajj Corporation

އީސީއިން ވިދާޅުވީ އިސްލާހުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 10 ގެ ނިޔަލަށް ހުޅުވާފައިވާ ކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އީސީން ވިދާޅުވިއެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

އީސީން ވިދާޅުވީ ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!