ދީން

ޝަހާދަތުގެ ދެކަލިމަ ކިޔުމަކީ ފާފަތަކަށް އަރައިގަތުމުން މީހާ ދުރުކުރުވާނެ ކަމެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޝަހާދަތުގެ ދެކަލިމަ ކިޔުމަކީ ފާފަތަކަށް އަރައިގަތުމުން މީހާ ދުރުކުރުވާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުން" މިއެވެ.

ހުތުބާގައި ބުނެފައިވަނީ ޝަހާދަތުގެ ދެކަލިމަ އަކީ އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގަލެއް ކަމަށެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރު ކަމަށާއި ﷲ تَعَالَى ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ ކަމަށެވެ.

އަދި، އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތި ކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތެއް ކަމަށާއި އެއީޗއަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސް ކަމަށެވެ.

ޝަހާދަތުގެ ދެކަލިމައިގެ ފުރަތަމަ ކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ ގެ މާނައަކީ: "ﷲފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން މި ކަލިމައަށް ފުރިހަމަޔަށް އީމާންވާ މީހާ، އެއްވެސް ސިފައެއްގައި އެކަލާނގެއާ އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި، ޝަރީކު ކޮށްގެން ނުވާނެއެވެ. މާތް ﷲވަޙީކުރައްވާފައި ވެއެވެ. ﮋ ﮗ ﮘ ﮙ ﮚ ﮛ ﮜﮊ މާނައީ: "އެކަލާނގެއަށް މެނުވީ،ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައިއެންގެވިއެވެ." އަދި ދެވަނަ ކަލިމަ ކަމުގައިވާ مُحَمَّدٌ رَسُوْلُ اللهِ ގެ މުރާދަކީ، މުޙައްމަދު zއީ، އިންސީންނާއި ޖިންނީންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، ﷲ ގެ ޙަޟްރަތުންފޮނުއްވި ރަސޫލާކަމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﮋﯿ ﰀ ﰁ ﰂ ﰃﰄﮊ މާނައީ:"އުފާވެރިކަމުގެ خَبَرُ ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خَبَرُ ދެއްވާ ބޭކަލަކުކަމުގައި،حَقُّ ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ." ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަމުސްލިމާގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަަމަށެވެ. އެހެނީ، ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާ އަށް ކަމަށާއި ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ޙަޔާތާ ގުޅުވާލާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މިދެކަލިމައިގެ ޝަރުޠުތައް އެނގުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި މި ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، މި ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ ،ޝައްކުކަމެއް ނެތި ޔަޤީންކުރަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާކަމެއް އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، ދުލުން ކިޔައި، ހިތުން އިޤުރާރުވާންވާނެ ކަމަށާއި މިދެކަލިމަ މަތިވެރިކޮށް، މިދެކަލިމަ ލާޒިމްކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!