ޚަބަރު

އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލާން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
މިއަދު ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

Ads by Hajj Corporation

ޕްރައިމަރީގެ ވޯޓުލުން ހެނދުނު ނުވަޔަކުން ފަހަކަށް ކުރިއަށްދާނެއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުން ޕްރައިމަރީގައި 40 ދާއިރާއެއްގައި ބާއްވާ ޕްރައިމަރީގައި 149 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަަށެވެ. 25،000 ވުރެ ގިނަ މެންބަރުންނަށް ޕްރައިމަރީ ގައި ވޯޓްލެވޭއިރު ޖުމްލަ 95 ރަށެއް ގައި ވޯޓްލުން ކުރިއަށް ދާނެއެވެ.

އެމްޑީޕީން ބުނީ އިންތިހާބު ގައި ވޯޓްލާން ދެ ލިސްޓެއް ގެންގުޅޭނެ ކަމަށާއި، އެއީ މާލެއަށް ވޯޓް ލެވޭނެ މީހުންގެ ލިސްޓަކާއި ރަށްރަށު ގައި ވޯޓްލެވޭ މީހުންގެ ލިސްޓެެކއް ކަމަށެވެ. އެ ލިސްޓް ހަދާފައި ވަނީ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު ގައި އެމްޑީޕީގެ މެންބަރުން ވޯޓްލީ ތަންތަނަށް ބެލުމަށް ފަހު ކަމަށް އެ ޕާޓީން ބުންޏެވެ.

މި ފަހަރުގެ އިންތިހާބު ހުރިހާ ގޮތަކުން ވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!