ޚަބަރު

ޒުވާނުންނަށް ފުރުސަތު ނެތް ކަމަށް ބުނެ ޔަންގް ޑެމްސްގެ ޝަކުވާ ފުންޏެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑިމޮކްރެޓްސްގައި ހަރަކާތްތެރިވާ ޒުވާނުންގެ ޓީމް

އިސް ސަފުގައި ގިނަ ޒުވާނުންތަކެއް ހަރަކާތްތެރިވި ދަ ޑިމޮކްރެޓްސް ޕާޓީގައި ޒުވާނުންނަށް ފުރުސަތު ނެތް ކަމަށް ބުނެ ގިނަ ބަޔަކު މީސްމީޑިއާގައި ކަންބޮޑުވުންފާޅު ކުރަން ފަށައިފިއެވެ.

Ads by STELCO

ދަ ޑިމޮކްރެޓްސް ޕާޓީއަކީ މަޖިލިސް މެންބަރުންތަކެއް އެމްޑީޕީން ވަކިގެެން އުފެއްދި ޕާޓީއެކެވެ. އެ ޕާޓީގައި އިސްކޮށް އުޅުއްވި, ކުރީގެ ރައީސް, ރައީސް ނަޝީދު ވަނީ ސިޔާސީ މައިދާނުން ދުރަށް ޖެހި ވަޑައިގެންފައެވެ.  އެތެރޭގެ އިންތިޚާބެއް ބާއްވާ, ޕާޓީގެ ރައީސް ކަމާ ހަވާލުވެ ވަޑައިގެން ހުންނެވީ, ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ޕާޓީ އުފެދިިގެން އައިއިރު ޒުވާނުންނަށް ފުރުސަތު ދޭން އެ ޕާޓީން ވަނީ, ޔަންގް ޑެމްސްގެ ނަމުގައި ގުނަވަނެއް އުފައްދާފައެވެ. އެއީ ޒުވާނުންނަށް ބަސް ކިޔޭނެ, ޒުވާނުންގެ އަޑު އިއްވާނެ, ޒުވާނުން ރިޕްރެޒެންކޮށްދޭން ބަޔަކު އުފެއްދުމަށް އޭރު ކުރި ކަމެކެވެ. ނަމަވެސް މިއަދު ޔަންގް ޑެމްސް އިން ބުނަނީ އެ މީހުންގެ ބާރެއް ނެތް ކަމަށެވެ. ޕާޓީ ތެރޭގައި އެއީ ބާކީކޮށްލާފައި ތިބޭ ބައެއް ކަމަށެވެ.

އެގޮތުން ޑިމޮކްރެޓްސްގެ ޕާޓީގެ ރައީސްގެ ކައުންސިލް އެކުލަވާލިއިރު ޔަންގް ޑެމްސްގެ ޝާމިލުވުމެއް އޭގައި ނެވެ. އެތެރޭގެ އިންތިޚާބު ބޭއްވިތާ 2 މަސްވިއިރު, ޔަންގް ޑެމްސްގެ ލީޑަރުގެ މަޤާމު އޮތީ ވާނުވާގައެވެ. ހޮވުނީ ކާކު ކަމެއް ނޭނގެއެވެ.

ޔަންގް ޑެމްސްގެ ލީޑަރު ކަަމަށް ވާދަކުރެއްވި އެ ޕާޓީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކު ކަމަށްވާ, ޔޫސުފް ޝާހްގެ ކަންބޮޑުވުމަކީ ވެސް އެއީއެވެ.

"ޔަންގް ޑެމްސްގެ އިންތިހާބު ބޭއްވުނުތާ މިއަދާހަމައަށް 2 މަސް ފުރިހަމަވީ. އިންތިހާބަށް ވީނުވީ ނޭންގި 2 މަސް. ޔަންގް ޑެމްސް އަކީ ދެމީހެއްގެ މަސްލަހަތެއް ނޫން." ޝާހް ޤަބޫލު ކުރާ ގޮތުގައި މިއަދު ޒުވާނުންގެ ޕާޓީގައި ޒުވާނުންނަކީ ދެވަނަ ދަރަޖައިގެ މީހުންނެވެ.
"ޝަކުވާ ކުރެވިއްޖެ, ކެތްކުރެވިއްޖެ. މި ޒުވާން ޕާޓީގެ ޒުވާނުންގެ ގުނަވަނަކީ ސެކަންޑް ކެޓެގަރީ ބޮޑީ އަކަށްވުމަކަށް ނޭދެން."

Ads by Ooredoo
  1. ާއަމްރު

    ކަންޑަ އެޅިގެން ގޮގުމައުލޫމާތު ތިޔަ ހާމަކުރަނީ. މައުލޫމާތު ރަންގަޅަށް ސާފު ކުރުމަށްފަހު ލިގުން ރަންގަޅު

  2. ޙަސަނު

    އަވަހަށް ޒުވާންނުންގެ ޕާޓި ކޯލިޝަނާގުޅެންވީ.

  3. އައްމަ

    އަދިވެސް ނަޝީދު އެއްޗެކޭ ކިޔާއިރަށް ތަނެއް އޮތީތީ ބޯގަޅާލާތި.

  4. ހަވާނާ

    ތީ ހަމަ އެކައްޗެއް، ފައްޔާޒެކޭ ޙަސަނެކޭ އަނގަ ފަކުރޭކޭ ލަނޑަޔާވާނީ ލަނޑަޔާ، މިހާރު އެއުޅެނީ ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތަކުން ހޮވާފައޮތް ޤާނޫނީ ސަރުކާރެއް ވައްޓާލަން އެމްޑީޕީ ކިޔާ ބައިގަނޑާ ގުޅިގެން ބުނަން ވާހަކައެއް ހަމަހިލާ ތިކަން ވިޔަކަނުދޭނެ ދިވެހިރައްޔިތުންނެއް. މީ ވަރަށް ވާހަކަ.