ވިޔަފާރި

ބީޗް ސްޕޮޓް: ހިތްފަސޭހަ މާހައުލެއްގައި ، ހެޔޮ އަގުގައި މީރު ކެއުންތަކަށް އިންސާފުކޮށްލުމަށް މިވަރެއް ނެތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާއިލީ އެއްވުންތަކާއި ރަޙުމަތްތެރިންގެ ބައްދަލުވުންތަކަށް ގިނަ ބަޔަކު އިޚްތިޔާރު ކުރާ ތަނަކީ ކެފޭ ރެސްޓޯރެންޓްތަކެވެ. ހިތްފަސޭހަ މާހައުލެއްގައި އެކުވެރީންނާއި އާއިލާއާއެކު ނާސްތާއެއް ނުވަތަ ކޮފީއެއް ރާވާލުމަކީ އަހަރެމެންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ.

Ads by MWSC

މިޙާލަތަށް ބަދަލު ގެނުވި އެއް ކަމަކީ ކޮވިޑް19 އެވެ. ކެފޭ ރެސްޓޯރެންޓްގެ ޚިދުމަތްތައް މެދުކެނޑުމާއެކު މި މިފަދަ ބައްދަލުވުންތައް ހުއްޓުނު ނަމަވެސް އެ ފުރުސަތު އަލުން މިވަނީ ލިބިގެން ގޮސްފައެވެ. މިއާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިހާލަތާއި ދިމާކޮށް ބައެއް ރެސްޓޯރަންޓުތަކުން ތަކެތީގެ އަގު ބޮޑު ކޮށްފައިވުމެވެ. ހަމައެހެންމެ ކަސްޓަމަރުން އެދޭ ފަދަ ޚިދުމަތެއް ނުލިބުމެވެ.

ނަމަވެސް ލ.ފޮނަދޫ ގައި ހުރި ބީޗްސްޕޮޓް ރެސްޓޯރަންޓް ތަފާތެވެ. ވަރަށް ވެސް ހިތްގައިމު މާހައުލެއްގައި ހަދާފައިވާ މިރެސްޓޯރަންޓުގެ ޚިދުމަތުގެ ފެންވަރު އެހާމެ ރަނގަޅެވެ. އޭގެ އިތުރުން، އަގުތަކަށް ބަލާއިރު އެހެން ތަންތަނާއި ޚިލާފަށް ބީޗް ސްޕޮޓުން މިވަނީ މިއަދުން ފެށިގެން އެރެސްޓޯރަންޓުން ލިބޭނެ ތަކެތީގެ އަގާއި ޚިދުމަތުގެ އަގު ވެސް ހެޔޮ ކޮށްފައެވެ. އެގޮތުން ކުރިން ސާވިސް ޗާޖުގެ ގޮތުގައި ނަގަމުން ދިޔަ 8% މިހާރު ވަނީ 5% އަށް ބަދަލު ކޮށްފައެވެ.

"ބީޗްސްޕޮޓް" ރެސްޓޯރަންޓާއި ބެހޭގޮތުން "ދެން" އަށް އިތުރަށް މައުލޫމާތު ދެއްވަމުން އެތަނުގެ ޖެނެރަލް މެނޭޖަރ އާދިލް އިސްމާއިލް ވިދާޅުވީ މިރެސްޓޯރަންޓުގެ ޚިދުމަތް ދޭން ފެށިތާ މިއަހަރު ޑިސެމްބަރަށް ތިން އަހަރު ފުރޭނެ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ފެށީ ހަމައެކަނި ކޮފީޝޮޕް އެއް ގޮތުގައި. އޭގެ އަހަރެއް ފަހުން ރެސްޓޯރަންޓަކަށް ބަދަލުކުރީ. މިހާރު ހަމަ ކެއުމުގެ ހުރިހާ އައިޓަމެއް ވެސް ލިބޭނެ. ވިޔަފާރި ވެސް މިހާރު ހަމަ ކުރިއަށްވުރެ ރަނގަޅު" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވި ގޮތުގައި ބީޗްސްޕޮޓަށް އެއަތޮޅުގެ ގިނަ ރަށްތަކުން ވެސް މީހުން ދެއެވެ. ބަނދަރުމަތީ ސަރަޙައްދުގައި ހުންނަ ރެސްޓޯރަންޓަކަށް ވެސް ވުމާއެކު އެތަން ވެފައި ވަނީ ގިނަ މީހުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ތަނަކަށެވެ.

"ރަށްރަށުން މީހުންނާއި ފަތުރުވެރިން ވެސް އާދޭ މިރެސްޓޯރަންޓަށް. އެކަމަކު މިހާރު ރިސޯޓުވެސް ބަންދު ކޮށްފައި ހުރުމާއެކު މި ދުވަސްކޮޅު އެހާގިނައިން ފަތުރުވެރިންނެއް ނާދޭ." އާދިލް ވިދާޅުވިއެވެ.

ރެސްޓޯރަންޓުން ލިބޭ ތަކެތީގެ އަގު ހެޔޮ ކުރުމުގެ އިތުރުން މިއަދުން ފެށިގެން އެތަނުން މިވަނީ ވަރަށް ޚާއްސަ އަދި ވަރަށް މީރު އައު ބުއިންތަކެއް ވެސް ތައާރަފް ކޮށްފައެވެ. އޭގެ ތެރޭގައި މޮކްޓެއިލް، މޮހީޓޯ، ސްމޫތީސް ފަދަ ގިނަ މީހުންނަށް ވަރަށް ކަމުދާ ބުއިންތައް ހިމެނެއެވެ.

މިދުވަސްވަރަކީ ކޮވިޑްގެ ހާލަތަށް ވުމާއެކު ގިނަ ކަންތައްތަކެއް މިވަނީ ކޮންމެ މީހެއްގެ ދިރިއުޅުމުން ވެސް ބަދަލުވެފައެވެ. އެފަދަ ބަދަލެއް ބީޗްސްޕޮޓް އަށް ވެސް ވަނީ އައިސްފައެވެ.

"ކުރިން އަަޅުގަނޑުމެން ފްރީ ޑެލިވަރީގެ ޚިދުމަތް ދެން ފޮނަދޫ އަށާއި ގަމަށް. ނަމަވެސް މިހާލަތާއި ގުޅިގެން މިހާރު ޑެލިވަރ މިކޮށްދެނީ ފޮނަދޫއަށް އެކަނި. އެހެންނަމަވެސް، މާތް ﷲ ގެ އިރާދަފުޅާއެކީ ކޮވިޑްގެ މިކަންތައްގަނޑުން ސަލާމަތްވިހާ އަވަހަށް އަނެއްކާވެސް ގަމަށް ޑެލިވަރީގެ ޚިދުމަތް ފެށޭނެ." އާދިލް ވިދާޅުވިއެވެ.

އާއިލާއާއެކު ނުވަތަ ލޯބިވެރިޔާއާއެކު ކެއިންބުއިމުގައި ހޭދަ ކޮށްލާ ވަގުތަކީ ޔަގީނުން ވެސް އަގުހުރި ވަގުތެކެވެ. އެވަގުތަކީ ހިތްހަމަޖެހޭ މާހައުލެއްގައި ތިބެ މީރު ކެއުންތަކަށް އިންސާފުކޮށްލާ ވަގުތަކަށް ހަދަން ހަމަ ކޮންމެ މީހަކު ބޭނުން ވާނެއެވެ. މިފަދަ އިހުސާސެއް ތަޖުރިބާ ކޮށްލުމަށް ލާމު އަތޮޅު އެންމެންނާއި އެއަތޮޅަށް ޒިޔާރަތް ކުރާ މީހުންނަށް ބީޗް ސްޕޮޓް ރެސްޓޯރެންޓަކީ އެއްވަނައިގެ ތަނެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!