ޚަބަރު ސަރުކާރު

އަބޫދާބީ ފަންޑުގެ ޑީޖީ ރައީސްއާ ބަދަލުކުރައްވައިފި, ދެއްވީ ތަރައްގީގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ އަރިހަށް އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙަންމަދު ސައިފް އަލް ސުވައިދީ މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by STELCO

މި ބައްދަލުކުރެއްވުން އޮތީ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައި ދުބާއީގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ ތަރައްޤީއަށް އަބޫދާބީ ފަންޑުން ދޭ ދީލަތި އެހީތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާދެއްކެވި ވާހަކަފުޅުގައި، މި ފަންޑުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ޑިރެކްޓާ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޑިރެކްޓަރ ޖެނެރަލް ވަނީ މި ފަންޑުގެ އެހީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ޞިއްޙީ ދާއިރާއާއި، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!