Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮމިއުނިޓީ ކަރެކްޝަން ތަންފީޒުކުރަން ފަށައިފި

ކޮމިއުނިޓީ ކަރެކްޝަން ތަންފީޒުކުރަން ފަށައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ކޮމިއުނިޓީ ކަރެކްޝަން ތަންފީޒުކުރަން ފަށައިފި ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ހާމަކޮށްފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ ކޮމިއުނިޓީ ކަރެކްޝަންގެ އަދަބަކީ ޖަލުގައި ގައިދީން ބައިތިއްބައިގެން ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި އެކަމުން މުޖުތަމައުއަށާއި އެ ފަރުދުންނަށް ފައިދާ ކުރާނެ އަދަބެއް ދިނުން ކަމަށެވެ.

އަދި މި ހުކުމް ރޯދަ މަހަށް ފަހު އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކަށް ފުޅާ ކުރެވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިފަދަ ހުކުމް ތަންފީޒު ކުރަމުން އަންނަ ބައެއް ފަރުދުން މިހާރުވެސް އެބަ ތިބި ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

މި ހުކުމް އެކުލެވިގެން ވަނީ ކުށް ކުރާ މީހާ 100 ނުވަތަ 1000 ގަޑިއިރު މަސައްކަތް ކުރާގޮތަށެވެ. އަދި މަސައްކަތް ނިމުމުން ކޯޓަށް އެންގުމުން އެމީހުންގެ ހުކުމް ނިމިގެން ދާނެއެވެ.

އަދި މިފަދައިން ގައިދީން އަދި މުވައްޒަފުންނަށް ދަނީ ތަމްރީންތައް ދެމުންދާ ކަމަށްވެ ކަރެކްޝަންސް އިން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް