ޚަބަރު

ރައީސް ވިދާޅުވީ އިގްތިސޯދީ ދަތިތަކާ ކުރިމަތިލައި އަރައިގަންނަން ތައްޔާރު ކަމަށް

އައިކާ ޔުނާން ، ދެން އޮންލައިން

ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިތައް ރަނގަޅަށް އެނގިވަޑައިގެން އެކަމަށް އަހުލުވެރި ކަމަށާއި އެ ދަތިތަކުން އަރައިގަންނަން ސަރުކާރު ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ދުބާއީގެ އިންވެސްޓް މޯލްޑިވްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ތަޤްރީރުކުރައްވަމުން ރައީސް ވިދާޅުވީ, އިގްތިސޯދު ސިންދަފާތުކޮށް ކުރިއަށް އޮތްތަނުގައި އަތުވެދާނެ ލޮޅުންތަކުން އަރައިގަތުމަށް ރާއްޖެ އޮންނާނީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރަށް މި ގޮންޖެހުންތައް އެނގޭ. އަދި އެކަންކަމާ ކުރިމަތިލާ، ހާލަތު ފަހިކޮށް އަނބުރާލުމަށް އޮތީ ތައްޔާރަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ތަރައްޤީގެ ރޮނގުން ކުރިއަށްދިއުން އެކަމަށް ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުން މާލީ އެހީތެރިކަން ހޯދުމުގެ ދަތިކަން އިންވެސްޓަރުންނަށް އެބައޮތް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ރާއްޖޭގައި ވިޔަފާރި ހިންގުމަށް ރައްކާތެރި، އަމާން، މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށެވެ.  އެގޮތުން ސްއީޒެޑް ފްރޭމްވޯކް އަލުން ގެނައުމާއި، ފޮރިން އިންވެސްޓްމްންޓް ގާނޫނު އާކުރުމަށް ކުރަމުންދާ މަސައްކަތްތައް އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްތައް މެދުވެރިކޮށް އާ ފުރުސަތުތައް ހުޅުވާލާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

އަލަށް ފަށާ ތަރައްގީގެ ބިޔަ މަޝްރޫއުތަކާއެކު، އިންވެސްޓަރުންނަށް ރާއްޖެއިން ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ފާހަގަކުރެއްވީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، އެއާޕޯޓު ތަރައްގީ ކުރުން އަދި، އިހަވަންދިއްޕޮޅުގައި ގާއިމުކުރާ، އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއު އަދި ރަސްމާލެ މަޝްރޫއު ފަދަ މަޝްރޫއުތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!