ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްރަށްވެހިންނަށް އިސްކަންދޭނަން: ރައީސް

އައިކާ ޔުނާން ، ދެން އޮންލައިން

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްރަށްވެހިންނާއި މުޖުތަމައުގައި އަޅާލުން ނުލިބި ތިބި ފަރާތްތަކަށް އިސްކަން ދޭން ގާނޫނުގެ ތެރެއިން ލާޒިމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މުއިއްޒުގެ ހަފްތާ14ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންގެ ނާދީ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, އިސްރަށްވެހިން ހިމެނޭހެން ސަރުކާރުގެ ރާޑަރަށް ނާރައި, އަބަދުވެސް އެއްކައިރީގައި ހަވާސާކުރެވިފައި މުހިންމު ބަޔަކު ތިބި ކަމަށާއި އެ ފަރާތްތައް ހިމަނައިގެން މެދަށް އަރުވައިގެން ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ވެސް ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެގޮތުގެ މަތިން ކަމަށާއި މިއީ އަދި ބިންގާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން މިފަރާތްތައް މީގެ ކުރިން ތިބީ ބާކީ ކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކުގެ މާ ބޮޑު މައުލޫމާތެއް ވެސް އެއްކުރެވިފައި ނުވާ ކަމަށެވެ. އިސްރަށްވެހިން ހިމެނޭހެން އެކަނިވެރި މައިން ކަމަށް ވިޔަސް ގެވެށި އަނިޔާ ކުރިމަތިލާ ފަރާތްތަށް ކަމަށްވިޔަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިޔަސް އެ ހުރިހާ މައުލޫމާތެއް އެއްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާޑަރުގެ މެދުގައި ސަމާލުކަން ދޭ އެންމެ އިސްކަން ދޭ ފަރާތްތަކުގެ ގޮތުގައި މި ދެންނެވި ފަރާތްތައް ހިމެނިގެންދާ ތަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގެދޮރު އެޅުމަށް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތްތަކުގައި ވެސް މި ފަރާތްތަކަށް އިސްކަން ދިނުމަށް ބިލެއް މި ދައުރުގައި މަޖިލީހަށް ހުށަހަޅާނެ ކަމަށާއި މި ބިލުތަކުގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް އިސްކަންދޭ ދަރަޖަތައް ތަރުތީބުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިސްރަށްވެހިންނަށް ދަތިތައް އެބަހުރި, ދޭން ޖެހޭ އިސްކަމެއް ނުދެވޭ. ހާއްސަ ސަމާލުކަމެއް ދެވިގެން ތިޔަ ލޮބުވެރި ރައްޔިތުންނަށް ގެދޮރުގެ މަޝްރޫއުތަކުގައި ފުރުސަތުތައް އިތުރުކުރެވިގެން ސަމާލުކަމެއް ދެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.

އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިވެ, ބަސް އިއްވުމުގެ ފުރުސަތު ދީ ގެދޮރުގެ ފުރުސަތުތައް ފަހިކޮށްދީ އަގުވަޒަން ކުރުމުން ޒުވާނުންނަށް މަގުދައްކައިދީގެން ޒުވާނުންނަށް ގައުމު ހިންގަން ފުރުސަތުތައް ފަހިކޮށްދޭން މުޅި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

  1. ވިސްނާށޭ

    ހަވާސާގައި ތިބި މީހުން ސަރުކާރުގެ ރާޑަރުގެ މެދަށް އަރުވަން ބޭނުންނަމަ ކުރީ ސަރުކާރުން ރައްޔިތުން ނަށް ދީފައިވާ ފްލެޓްސް ތަކުގައި ކަނޑުކޮސް ދަ ކިއްލިތަޅާ ކިޔަވައިގެން އައިސް ތިބި އެއް ހިއްސު މަދު އޭސީސީގެ ބޮޑުން ބުނެގެން އެފަކީރުންނަށް ލިބިފައިވާ ފްލެޓްސް ތައް ސަރުކާރުން ފޭރިގަނެގެން ފްލެޓްސް ލިބުނު ފަކީރުން އަތުން އެފޭރިގަނެގެން އެމެން ހަވާސާއިން ބޭރުނުކުރާށޭ ހެޔޮނުވާނެއޭ ނުކުރާށޭ އޭސީސީ ތިޔާއީ ރައްޔިތުން އެއްގޮތަކަށް ވެސް އިތުބާެރުކުރާ ތަނެއް