ޚަބަރު

އައްޑޫގެ މިސްކިތްތައް މަރާމާތުކުރަން 1.5 މިލިއަން ރުފިޔާ ހަރަދު ކުރާނެ: ޝަހީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫގެ މިސްކިތްތައް މަރާމާތުކުރަން 1.5 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަހީމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު މިއަދު އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ވިދާޅުވީ އައްޑޫގައި ހުރި 68 މިސްކިތް މަރާމާތުކުރުމަށް މިސްކިތު ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ހަރަދުކުރާނެ ކަމަށެވެ.

މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ މިހާ ބޮޑު ހޭދައެއް ކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!