ޚަބަރު ސަރުކާރު

މަޖިލީހުން އެހާ އުނދަގޫ ކުރިޔަސް ފެންނަނީ ރައީސްގެ ކެތްތެރިކަން: އާދަމް ޝަރީފް

އަލީ ސަމާޙް ، ދެން އޮންލައިން

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެކި ގޮތް ގޮތަށް އުނދަގޫ ކުރަމުންދާއިރުވެސް ފެންނަނީ އެމަނިކުފާނުގެ ކެތްތެރިކަން ކަމަށް ވިދާޅުވެ ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ރައީސް އަށް މިއަދު ތައުރީފު ކުރައްވައިފިއެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

''މިހާ ހިސާބަށް އައިރު ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެއްވެސް ދައްޗެއް އުދަނގުލެއް އޮޕޮޒިޝަން އަށް ނުކުރާއިރު، ރައްޔިތުން މަޖިލީހުން އެދަނީ ހެދެން އޮތް ހާ ގޮތެއް ހަދަމުން، އެ ބޭފުޅުންނަށް ވެގެންވާނަމަ ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުގައި ދަތިއަޅުވާ މިހާރު ވައްޓާވެސްލައިފި'' އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ދައްކަވަނީ ކެތްތެރިކަން ކަމަށާއި، އެހެންވެ ދިއްދޫ ރައްޔިތުންގެ ގާތުން އާދަމް ޝަރީފް އެދިވަޑައިގެންނެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެނޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށެވެ. ރަށަށް ތަރައްގީ ލިބޭނީ ރައީސް މުއިއްޒުގެ ފިކުރުގެ މެމްބަރަކު އިންތިހާބުކޮށްގެން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސަށް ތައުރީފް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ ލޯބިވާ ރައީސަކީ, ރައީސް މުއިއްޒު ކަމަށެވެ. އެމަނިކުފާނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަން ހައްލުކުރުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!