ޚަބަރު ސަރުކާރު

ނެޓްބޯޅަ އާއި ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ހަދަން ބިން ދޫކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ނެޓްބޯޅަ އާއި ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ތަރައްޤީ ކުރަން ބިން ދޫކޮށްފިއެވެ.

Ads by STELCO

މި ދެ އިންޑޯ ކޮމްޕްލެކްސް ތަރައްޤީ ކުރަން ބިން ދޫކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

އެގޮތުން ފުޓްސަލް އިންޑޯއަށް 54،992 އަކަފޫޓުގެ ބިމެއް ދޫކޮށްފައި ވަނީ ފޭސް ދޭއްގެ ހިޔާ 16 ވަނަ ޓަވަރުގެ ގެ އުތުރުން ކުރިމަތީގައި އޮންނަ ބިމުންނެވެ.

އަދި ނެޓްބޯޅަ އިންޑޯ ކޮމްޕްލެކްސްއެއް ތަރައްޤީ ކުރަން 50،142 އަކަފޫޓުގެ ބިން ދޫކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކެއްގެ ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ބިމުންނެވެ.

މިކަމަށްޓަކައި އިއްޔެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ބޭއްވި ހަފުލާގައި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އަދި މިނިސްޓަރު ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

ބިން ދޫކުރުމަށް، އެއްބަސްވުން ހެދީ އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީއާ ދެމެދުގައެވެ. ސްޕޯޓްސް މިނިސްޓްރީން ވިދާޅުވީ އެ ދެ ކޮމްޕްލެކްސްއަކީ ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް، މަލްޓި ޕާޕަސް ބޭނުމަށް ހަދާ އެންމެ ބޮޑު ދެ ކޮމްޕްލެކްސް ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ ކުޅިވަރަކީ ޒުވާނުންނާ ގުޅުން ބޮޑު އެއް ކަންތައް ކަމަށް ވާއިރު ކުޅިވަރު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި އެ ކުންފުނިން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!