ނިޔާ ވެފައި އޮތް މީހެއް ތިލަފުށީ ކައިރިން ފެނިއްޖެ
ތިލަފުށީ ބޭރު ކަނޑުމަތިން، ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން 8:36 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.