ޚަބަރު

އެސްޓީއޯއިން ރޯދައަށް ތައްޔާރު, ފިޔާ އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް ބާޒާރަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޯދަމަހާއި ދިމާކޮށް އެސްޓީއޯއިން ގެނައި އަލުވި، ފިޔާ އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް ބާޒާރަށް ނެރެ، ވިއްކަން ފަށައިފިއެވެ.

Ads by MWSC

އެސްޓީއޯއިން ބުނީ ރޯދަމަހާއި ދިމާކޮށް ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށާފައިވާ ކަމަށާއި ރޯދަމަސް ނިމެންދެން މި ތަކެތި އަގުހެޔޮކޮށް ބާޒާރުން ލިބެން ހުންނާނެކަމަށެވެ.

މިތަކެތީގެ އަގަށް ބަލާއިރު ފިޔާ ކިލޯއެއް އެސްޓީއޯއިން ވިއްކާނީ 20 ރުފިޔާއަށެވެ. އަލުވި 15 ރުފިޔާއަށް ކިލޯއެއް ވިއްކާއިރު ބިސް ވިއްކާނީ 1 ރުފިޔާ 75 ލާރީގެ މަގުން ބިހެކެވެ.

ރަމަޟާންމަހާ ދިމާކޮށް ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް މައްޗަށްދިޔުމަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

ނަމަވެސް ކުރިއަށްއޮތް ރަމަޟާންމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅާނޭކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

ރަމަޟާންމަހު ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔަނުދިނުމަށް ސަރުކާރުން ފިޔަވަޅުތައް އަޅާނޭކަމަށް ވިދާޅުވެފައިވާއިރު، މާލޭ ބާޒާރުގައި މިހާރުވެސް ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ.

އެގޮތުން ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 90 ރުފިޔާއަށް އަރާފައިވާއިރު، ފިޔާ ކިލޯއެއްގެ އަގުވަނީ 25 ރުފިޔާއަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!