ޚަބަރު

އަތޮޅު ދުވުމުން އެއްވަނަ ހޯދައިގެން ދެމީހުންގެ އުމްރާ ދަތުރެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ފެށޭ މާޗް މަހު އަތޮޅު ދުވުން ކުޅެގެން ލީޑާބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ދެމީހުންގެ އުމްރާ ދަތުރެއް ދިނުމަށް ނިންމައި، އެކަން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.

Ads by Hajj Corporation

އުރީދޫން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެ ކަމަށާއި ގޭމްގެ މާޗު މަހުގެ އަޕްޑޭޓް މާޗް އެއްވަނަ ދުވަހުގެ 00:00 އިން ފެށިގެން ލިބޭނެ ކަމަށެވެ. އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެއެވެ.

އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނަރަކީ ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑު ކަމަށާއި އެ ޕާޓްނާޝިޕުގެ ދަށުން އުރީދޫއާ ގުޅިގެން މިމަހުގެ ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެ މީހަކަށް) ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަރު ލިބުމުގެ ފުރުސަތުވެސް މިމަހު ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭ އިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއަހަރުގެ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓޫމުންނެވެ.

އުރީދޫން ބުނީ މާޗު މަހުގައި އަތޮޅު ދުވުމުގައި ފެނިގެންދާނީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު، އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދުމުގެ އިތުރުން ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނ. ލަންދޫ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!