މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
 
                                                    މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ކައިރީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަންޒަރުތައް ފެންނަ ގޮތުން އެ ސަރަހައްދުގައި އޮތީ ވަރަށް ބޮޑަށް ދުން ބޯވެފައެވެ. އަދިވެސް އަލިފާން ކޮންޓްރޯލް ނުވެ އަނދަމުންދާ މަންޒަރު ފެނެއެވެ.
މިހާރު އެ ސަރަަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ރެސްކިއު ޓީމުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސި 6:06 ގައި ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.
އަލިފާން ރޯވެ އަނދަމުން ދަނީ އިބްރާހިމް މިސްކިތް ކުރިމަތީ ހުރި ބޭކެރީއެއްގައެވެ.
 
 Ads by Allied Insurance
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
