ޚަބަރު

މަސައްކަތް މި ކުރަނީ ދެ އަހަރު ތެރޭގައި ކުުންފުނިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ދައްކައި ނިންމުމަށް: މުއާޒް

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސައްކަތް ކުރަނީ ދެ އަހަރު ތެރޭގައި ކުުންފުނިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ދައްކައި ނިންމުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރ. އަދި ބ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެން ކެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއާޒު ވިދާޅުވީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާއެކު ކަމަށެެވެ. އަދި ހަމައެކަނި މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށާއި ފެނަކައާ ހަވާލުވިއިރު 8000 މުވައްޒަފުން ތިބި ކަމަށެވެ.

"ހަގީގަތަކީ ހަމަ ބަގުރޫޓުވެފަ އޮތީ. އާމްދަނީގެ ގޮތުގަ ފެނަކައަށް ލިބެނީ ގާތްގަޑަކަށް 120 މިލިއަން ރުފިޔާ. އޭގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް. މިއަދު ހާލަތަކީ މިއީ" މުއާޒް ވިދާޅުވިއެވެ.

އަދި އެކި މަޝްރޫއުތައް ހިންގުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މެޓީރިއަލް ނެގުމަށްފަހު އެ ވިޔަފާރިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ ވިޔަފާރިތައް ބަނގުރޫޓުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއްކަލަ ޕްރޮޖެކްޓުތަކަަށް ނެގި މެޓީރިއަލްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ. ފައިސާ ނުދީހުރީ. އެއްކަލަ ދަރަނީގެ ތެރެއަށް އިތުރުވީ" މުއާޒް ވިދާޅުވިއެެވެ.

އެ ފައިސާ އެއްފަހަރާ ދެއްކުމުގެ ޤާބިލުކަމެއް ފެނަކައިގެ ކިބައިގައި މިހާރު ނެތް ނަމަވެސް ކޮންމެ ކުންފުންޏަކަށް ފައިސާ ދެވޭނެ މިންވަރު ކަނޑައަޅައިގެން ދެ އަހަރު ތެރޭގައި ކުންފުނިތަކަށް ފައިސާ ދެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަމުންދާ ކަމަށް މުއާޒްް ވިދާޅުވިއެވެ.

އެންމެންނަށް ވެސް ފެނަކަ ކޯޕަރޭޝަންގެ ނަން ބުނުމުން ސިފަ ވާނީ "ކޮރަޕްޝަން" ކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހާލަތު ބަދަލުކުރުމަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!