މަޖިލިސް އިންތިހާބަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ރައްޔިތުން މަޖިލީހު އިންތިހާބާއި ގުޅިގެން އިލެކްޝަން ކޮމިޝަން އިން ނެރުން ވޯޓާ ލިސްޓާއި ގުޅޭ ގޮތުން ޝަކުވާ ހުށަހުޅެމަށް ހުޅުވާލައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް އިތުރުވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާފައިވާ ކަމަށެވެ.
މިލިސްޓަށް ޝަކުވާ ހުށަހަޅާނީ 2024 މާރިޗު 05 އިން 2024 މާރިޗު 07 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށް އެ ކޮމިޝަން އިން ބުނެއެވެ.
އީސީން ވިދާޅުވީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިން ކަމަށާއި މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.