ހުޅުމާލޭ ދެވަނަ ފިޔަަވަހީގައި ބިނާކުރި ދާއިމީ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކުރި ދާއިމީ މިސްކިތެއް އަންނަ ހުކުރު ދުވަހު ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިއީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށެވެ.
އަދި މި ފެށޭ ރަމަޟާން މަހަށް މި މިސްކިތް ހުޅުވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ އެންމެ އެންމެ މަޝްހޫރު އެއް ކުންފުނި، މުނިހޯމް ކެއާ އިން އަޅަފައިވާ މިސްކިތެވެ. އެ މިސްކިތަކީ 1994 ވަނަ އަހަރު މަރުވި އަހުމަދު އަމީލް ޖަލީލްގެ ހަނދާނުގައި "މަސްޖިލު ޢަމީލް ޖަލީލް"ގެ ނަމުން ނަންދީގެން އޭނާގެ ދަރިން އިމާރާތް ކުރި މިސްކިތެކެވެ.