ޚަބަރު

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް ހުޅުވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލޭގެ ފޭސް 2 ގައި މިއަދު ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

Ads by Sosun Fihaara

އެޗްޑީސީން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން އިމާރާތްކުރެވުނު މި ވަގުތީ މިސްކިތުގެ ނަމަކީ "މަސްޖިދުލް ޝާކިރީން" ކަމަށެވެ.
މި މިސްކިތް ގާއިމުކުރެވިފައި ވަނީ ފޭސް 2 ގެ ހިޔާ ޕާރްކް ސަރަހައްދުގައެވެ.

އެޗްޑީސީން ބުނީ މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވާފައިވާ މިސްކިތެއް ކަމަށެވެ.
މި މިސްކިތަކީ މުޅި ޖުމަލަކޮށް އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މިސްކިތެއް ކަމަށާއި މި މިސްކިތުގައި އަންހެން ބޭފުޅުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!