ޚަބަރު ސަރުކާރު

ޅޮސްއަލަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދޭނަން: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް

ޅ. އަތޮޅު ކުރެންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ލޮސްއަލަފުށި އަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި އެ ދެ ބިމާއި ޅޮސްއަލަފުށި ދޭން މިދިޔަ ސަރުކާރުން ނިންމިއެވެ.

ކުރެންދޫ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށް ކައިރިން ފަޅުރަށެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ފުދުންތެރިކަން ލިބިގެންދަނީ ގެދޮރުވެރިކަމާއި އިގްތިސާދި ކުރިއެރުން އެކު އެކީގައި ލިބިގެން ކަމަށެވެ.

އެހެންވެ ގަސްތުކުރަނީ އާބާދީގައި ދެހާއެއްހާ މީހުން ދިރިއުޅެމުންދާ ކުރެންދޫގެ ތަރައްގީއަށްޓަކައި ޅޮއްސަލަ ފުއްޓަކީ ހަމަޖައްސައި ދިނުމަށްް ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށަކީ އޭރު އެމަނިކުފާނު ވަޒީރަކަށް ހުންނެވިއިރު އެގްރީމެންޓްތަކެއް ހެދިފައި އޮތް ރަށެއް ކަމަށެވެ. އެ ހުރިހާ އެގްރީމެންޓު ތަކަކުން އެ ރަށް ވަކިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށް ގެއްލުން ކުޑަވާނެ ގޮތަށް އެކަންކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ދާއިރާގެ ތަރައްގީގެ އާއްމު މަސްލަހަތަށް ތިބޭފުޅުންގެ ކުރިމަގަށްޓަކައި އެ ރަށް ވަކިކޮށް ސަލާމަތްކޮށް ޅޮސްއަލަ ފުއްޓަކީ ބައެއްގެ ގޮތުގައި ހަމަޖައްސައިދޭނަން. ކުރެވެން ހުރި ހުރިހާކމެއް ކޮށްދޭނަން

ރައީސް މުއިއްޒު ވިދާޅުވީ ކުރެންދޫއަށް ތަރައްގީ ހޯދުމުގައި ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައިވާ ކަމަށާއި ފަޅު ހިއްކައިގެން އެ ރަށުގެ ތަރައްގީއަށް ބޭނުންވާނެ ޖާގަ އިތުރުކުރެވެން ނެތް ކަމަށެވެ. އެއީ މިހާރު ހިނގަމުންދާ 50 ހައުސިންގެ މަޝްރޫއުއަކުން އެންމެ އެކަށީގެންވާ އަދަދަކަށްނުވާނެ ކަމަށް ވިދާޅުވިއެެވެ. އަދި ބިން ހިއްކައިގެން އިތުރުވާ ޖާގައިގެންވެސް އެކަން ކުރެވިދާނެ ކަމަށް ރައީސް ގަބޫލުފުޅެއް ނުކުރައްވައެވެ.

ރައީސް ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ އެއް ދުވަހުގެ ތިން ރަށަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މިހާތަނަށް އެމަނިކުފާނު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ޖުމްލަ 150 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!