ރެސިޕީ ލައިފްސްޓައިލް

ދެން ރެސިޕީ: ބާންޓް ޗީޒް ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބާސްކް ބާންޓް ޗީޒްކޭކަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ޓްރެންޑު ވަމުން އަންނަ ކޭކެކެވެ. މިއީ ކެރަމަލް ޕުޑިން އަށްވުރެ ރިޗް، މީރު ރަހައެށް ލާ ކޭކެކެވެ.

Ads by STELCO
Ads by Sosun Fihaara

ބޭނުންވާތަކެތި:

300ގ. ކްރީމް ޗީޒް

100ގ ކާސްޓާ ޝުގާ

100ގ. ބިސް (ބޮޑު 2 ބިސް ރަނގަޅުވާނެ)

160ގ. ވިޕިން ކްރީމް

1/4 ސައި ސަމްސާ ލޮނު

1/2 ސަައި ސަމްސާ ވެނީލާ އެސެންސް

15ގ. ފުށް

ތައްޔާރުކުރާނެގޮތް:

ކްރީމް ޗީޒްކޮޅު މަޑުކޮށްލާފައި، ހަކުރާއި ރަނގަޅަށް އެއްކުރާށެވެ. ރަނގަޅަށް ކްރީމީކޮށް އެއްވުމުން ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. ބިހާއި ހަކުރާއި ޗީޒާއި ރަނގަޅަށް އެއްވުމުން، އޭގެ ތެރެއަށް ވިޕް ކްރީމް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ލޮނު ކޮޅާއި ވެނީލާ އެޅުމަށް ފަހު ފުށްކޮޅު އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ.

ކޭކް މިކްސް ރަނގަޅަށް ތައްޔާރުމުން ޓްރޭއެއްގައި ފަތުރާލުމަށް ފަހު 200 ޑިގްރީ ސެލްޝިއަސް ގައި 50 މިނަޓު ރަނގަޅަށް ފިހެލާށެވެ. ކޭކު ފިހެއުމުން، ކޭކު ފޮތިކުރުމުގެ ކުރިންނހިހޫ ކުރުމަށްފަހު ދެ ގަޑިއިރު ފިނިކޮށްލަން ޖެހޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!