ދެން ރެސިޕީ: މެންގޯ ޕެޝަން ފްރުޓް ޖޫސް

މިއީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވޭނެ ބުއިމެކެވެ.
ބޭނުންވާތަކެތި:
4 ދިވެހި އަނބު
2 ޕެޝަން ފްރުޓް
4 މޭޒުމަތީ ސަމުސާ ހަކުރު (ނުވަތަ ރަހަލާ ވަރަށް)
3 ޖޯޑު ފެން
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ އަނބުތައް ކޮށާލާށެވެ. ކޮށާފައި ހުރި އަނބާއި ޕެޝަން ފްރުޓް ޕަލްޕް، ހަކުރު އަދި ފެނާއެކު ރަނގަޅަށް ގިރާލާށެވެ. ފެޝަން ފްރުޓް އޮށްތައް ރަނގަޅަށް ގިރެންދެން ޖައްސާލާށެވެ. އޭރުން މެންގޯ ޕެޝަން ފްރުޓް ޖޫސް އެހެރީ ތައްޔާރުވެފައެވެ.